ބަރަހަނާ މަންޒަރު ދައްކައިދޭ ޓެލެގްރާމް ޗެނަލް ހިންގައި ވިޔަފާރި ކުރި މީހުން ޖަލަށް

މި ޗެނަލްތަކަށް ވަދެ، ފައިސާ ދައްކައިގެން 34،680 މީހުން ޗެނަލްތަކަށް ސަބްސްކްރައިބްކޮށްފައިވެ އެވެ. އަދި، މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ސަބްސްކްރިޕްޝަން ފީގެގޮތުގައި ދެ މިލިޔަނެއްހާ ރުފިޔާ ވަނީ ހޯދައިފަ އެވެ.

ބަރަހަނާ މަންޒަރު ދައްކައިދޭ ޓެލެގްރާމް ޗެނަލް ހިންގައި އޭގެއިން ވިޔަފާރި ކުރި މައްސަލަ ސާބިތުވި ތިން މީހުން --

ޓެލެގްރާމުގައި ގިނަ އަދަދެއްގެ ޗެނަލް ހަދައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ، އެ ޗެނަލްތައް މެދުވެރިކޮށް ޕޯސްޓުކޮށް ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދި މައްސަލައިގައި ދައުވާ ކުރި ތިން މީހުން ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ އދ. މަހިބަދޫ ބަހާރުގެ، ޒުބައިރު އަލީ (45އ)، ކ. މާލެ ދަފްތަރު ނަންބަރު ރސ14751 ނާސިފް އަލީ (46އ) އަދި ކ. ކާށިދޫ ސިލިންކޯ، އިސްމާއީލް ރަބީހް (29އ) ގެ މައްޗަށެވެ. 

މި ތިން މީހުންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާއިރު ޒުބައިރު އަލީގެ މައްޗަށް ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ދެ ދައުވާ ވަނީ އުފުލައިފަ އެވެ.

މި މައްސަލަ ސާބިތުވެ، ޒުބައިރު އަލީގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ އެއް ދައުވާގައި އިއްވާފައި ވަނީ 18 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމުގެ އެއް ދައުވާގައި އެއް އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އަނެއް ދައުވާގައި އިއްވާފައި ވަނީ ނުވަ ދުވަހުގެ ޖަލު ހުކުމެކެވެ. މަނީ ލޯންޑްރިންގެ ދައުވާގައި އޭނާގެ މައްޗަށް ދެ އަހަރާއި ހަ މަހުގެ ހުކުމަކާއެކު 600،000 ރުފިޔާގެ ޖޫރިމަނާގެ އަދަބެއް ވަނީ އިއްވާފަ އެވެ.

މަނީ ލޯންޑްރިންގެ މައްސަލައިގައި އިސްމާއިލް ޒަބީހުގެ މައްޗަށް ދެ އަހަރާއި ހަ މަހަށް ޖަލަށްލުމާއެކު 100،000 ރުފިޔާގެ ޖޫރިމަނާ ކޮށްފައިވާއިރު، ނާސިފް އަލީގެ މައްޗަށް އިއްވާފައި ވަނީ ބެސް ދެ އަހަރާއި ހަ މަހުގެ ޖަލު ހުކުމަކާއެކު 263،232 ރުފިޔާ އިން ވަނީ ޖޫރިމަނާ ކޮށްފަ އެވެ.

މައްސަލައިގެ ފަސްފަހަތް - ފުލުހުން ކުރިން އާންމު ކޮށްފައިވާ ގޮތުގައި، މި ތިން މީހުންނާ ގުޅުންހުރި ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒް ކޮށްފައިވެ އެވެ. ފުލުހުން ބުނީ މި ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 24،1651 ފޮޓޯއާއި 86،618 ވީޑިއޯ ޕޯސްޓުކޮށްފައިވާކަން ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މި ފޮޓޯއާ ވީޑިއޯގެ ތެރޭގައި ކުޑަކުދިންގެ މަންޒަރުތައް ވެސް ހިމެނެ އެވެ. އެގޮތުން، ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ޕޯސްޓުކުރުމަށް 43 ޗެނަލް އެމީހުން ހިންގާފައިވެ އެވެ. 

މި ޗެނަލްތަކަށް ވަދެ، ފައިސާ ދައްކައިގެން 34،680 މީހުން ޗެނަލްތަކަށް ސަބްސްކްރައިބްކޮށްފައިވެ އެވެ. އަދި، މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ސަބްސްކްރިޕްޝަން ފީގެގޮތުގައި ދެ މިލިޔަނެއްހާ ރުފިޔާ އާމްދަނީއެއް ނަހަމަގޮތުގައި ވަނީ ހޯދައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.