"ޔާމީންގެ ގޮވާލުމަކީ ކުށަކަށް ދައުވަތު ދިނުން، ހާމަވަނީ އަމިއްލަ އެދުން ބޮޑުކަން"

"މީގެންވެސް ހާމަވަނީ ޔާމީނުގެ ނުބައިކަމާއި އަމިއްލަ އެދުމުގެ ބޮޑުކަން، ވެރިކަމަށް އޮތް ދަހިވެތިކަމާއި ހަސަދަވެރިކަން،" ފަލާހުގެ ރައްދުގައި ޕޯސްޓުގައިވެ އެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު / އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް

ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު މާރުކުރަން ޖެހޭ ގޮތަށް ފާސްކުރި ބިލާ ދެކޮޅަށް ރިސޯޓްތަކުން ނުކުތުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވައިލެއްވުމުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ރުޅިވެރި ރައްދެއް ދެއްވައިފި އެވެ.

މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ބޭރު ފައިސާ އާ ބެހޭ ގާނޫނަށް ގެނައި އެ އިސްލާހުގެ ސަބަބުން މުޅި ޓޫރިޒަމް އިންޑަސްޓްރީއަށް އަސަރުކުރާނެ ކަމަށް ޔާމީން ރޭ ވިދާޅުވެފައިވެ އެވެ.

ފުވައްމުލަކުގައި ބޭއްވި ޕީއެންއެފް ޖަލްސާގައި ޔާމީން ވިދާޅުވެފައި ވަނީ ފާސްކުރި ބިލާ ދެކޮޅަށް ހުރިހާ ރިސޯޓުތަކުން އަޑުއުފުލަން ޖެހޭނެ ކަމަށެވެ.

ޔާމީންގެ އެވާހަކަފުޅާ ގުޅިގެން ފަލާހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ވެރިކަން ކޮށްފައިވާ ބޭފުޅަކު ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ހިލާފުވާން ރައްޔިތުންނަށް ގޮވާލުމަކީ ވަރަށްބޮޑު ކުށަކަށް ދައުވަތު ދިނުން ކަމަށެވެ.

"މީގެންވެސް ހާމަވަނީ ޔާމީނުގެ ނުބައިކަމާއި އަމިއްލަ އެދުމުގެ ބޮޑުކަން، ވެރިކަމަށް އޮތް ދަހިވެތިކަމާއި ހަސަދަވެރިކަން،" ފަލާހުގެ ރައްދުގައި ޕޯސްޓުގައިވެ އެވެ.

އޭނާ އިތުރަށް ވިދާޅުވެފައި ވަނީ ފަހަކަށް އައިސް އެމްޑީޕީއާއި ގުޅިގެން ސަރުކާރު ވައްޓާލަން ޔާމީން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އޭގެއިން ހާމަވަނީ އެމަނިކުފާނު ދައްކަވާ ވާހަކަ އާއި އަމަލާއި ދިމާނުވާ މިންވަރު ކަމަށެވެ.

"މިއަދުވެސް ޔާމީނު ފަދަ ހާއިނަކަށް ގޭގައި އިނުމުގެ ފުރުސަތު ލިބިފައިވުމަކީ ހިތާމަހުރި، އެކަމާ ގައުމުވެސް ލަދުވެތިވާކަމެއް.
ޔާމީނު ދައުލަތުން ވަގަށް ނަގާފައިވާ އެތަށް މިލިއަން ޑޮލަރެއް ދަޢުލަތަށް ހޯދިއްޖެނަމަ މިހާރުން މިހާރަށް ޑޮލަރުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ،" ފަލާހުގެ ޕޯސްޓުގައިވެ އެވެ.

ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު މާރު ކުރަން މަޖިލީހުން ފާސްކުރި އިރު އިދިކޮޅު ފަރާތްތަކުގެ އިތުރުން، ޓޫރިޒަމް ދާއިރާގެ ޖަމިއްޔާތަކުން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލައި ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އެގޮތުން ރިސޯޓް ވިޔަފާރިވެރިންގެ ޖަމިއްޔާ، މަޓީން ބުނި ގޮތުގައި 40 ޕަސެންޓަކީ ތަހަންމަލު ކުރެވޭ ވަރުގެ ބުރައެއް ނޫނެވެ.

ނަމަވެސް ސަރުކާރުން މި ނިންމުން ނިންމާފައި ވަނީ ރާއްޖެ އަށް ދިމާވެފައިވާ ޑޮލަރުގެ ތާށިކަން ހައްލު ކުރުމަށްޓަކައި ކޮންމެހެން މުހިންމު ނިންމުމެއް ކަމަށް ބުނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.