ޑިމާންޑް ބޮޑުކަމުން މޯލްޑިވިއަން އޮސްޓްރޭލިއާ ދަތުރުތައް 2027 އަށް އިތުރު ކުރަނީ

ލަގްޒަރީ އެސްކޭޕްސް އާއި މޯލްޑިވިއަން ދަތުރު ފެށީ މެއި މަހުގައެވެ. ހަތަރު މަސްދުވަހުގެ ޓްރަޔަލްއަކަށް ފެށި މި ދަތުރުތަކަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން، އަންނަ އަހަރަށް އިތުރު ކުރަން ވަނީ ނިންމާފަ އެވެ.

ރާއްޖެއަށް ގައުމީ އެއާލައިން އިން އައި ޓޫރިސްޓުންނަށް ފިނިފެންމާ ބަހަނީ -- މޯލްޑިވިއަން ފޮޓޯ

އޮސްޓްރޭލިއާގެ މެލްބަން އިން ރާއްޖެއަށް ކުރާ ސީދާ ދަތުރުތައް ޓެސްޓު ކުރުމުގެ ގޮތުން ފެށި ނަމަވެސް، އެ ދަތުރުތަކަށް ލިބުނު ބޮޑު ތަރުޙީބާއެކު 2027 ވަނަ އަހަރު މި ޚިދުމަތް ދާއިމީކޮށް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ލަގްޒަރީ އެސްކޭޕްސް އާއި މޯލްޑިވިއަން ގުޅިގެން، އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށީ 2026 ވަނަ އަހަރުގެ މެއި މަހުގައެވެ. ހަތަރު މަސްދުވަހުގެ ޓްރަޔަލްއަކަށް ފެށި މި ދަތުރުތަކަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން، މަދުވެގެން އިތުރު އެއް އަހަރަށް ދަތުރުތައް ކުރިއަށް ގެންދާނެކަން މިހާރު ވަނީ އިޢުލާންކޮށްފަ އެވެ.

އޮސްޓޭލިއާ ނޫސްތަކުގައިވާ ގޮތުން ލަގްޒަރީ އެސްކޭޕްސްގެ ސީއީއޯ އެޑަމް ޝްވަބް ވިދާޅުވީ މާލެއަށް ފެށި މި ދަތުރުތަކުގެ ސަބަބުން އޮސްޓްރޭލިއާގެ އައުޓްބައުންޑް ޓްރެވަލް ނެޓްވޯކުގައި އޮތް ބޮޑު ހުސްކަމެއް ފުރިގެން ގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ދަތުރުތައް އިޢުލާންކޮށް ފެށުމާ ދެމެދު އޮތީ ވަރަށް ކުރު މުއްދަތެއް. ނަމަވެސް އުންމީދުކުރި ވަރަށްވުރެ މާ ގިނަ މީހުން މި ދަތުރުތަކަށް އައިސްފައިވޭ،" އޭނާ ވިދާޅުވި އެވެ.

ޓްރަޔަލް ކާމިޔާބުވެފައިވާއިރު، ފްލައިޓްތަކުގެ 90 ޕަސެންޓް ގޮނޑި ފުރިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ބިޒްނަސް ކްލާހުގެ ޓިކެޓުތައް ހުޅުވާލުމާއެކުހެން ވަނީ ވިކި ހުސްވެފަ އެވެ. މި ދަތުރުތަކުގައި ބޭނުންކުރަނީ މޯލްޑިވިއަންގެ އޭ330-200 މަރުކާގެ ބޯޓެކެވެ. މި ބޯޓުގައި ބިޒްނަސް، އިކޮނޮމީ، އަދި އެކްސްޓްރާ ލެގްރޫމް ހިމެނޭ އިކޮނޮމީ ޕްލަސް ކްލާހާއެކު ޖުމްލަ 263 ގޮނޑި ހުރެއެވެ.

މި ދަތުރުތަކުގައި ބޭނުންކުރަނީ މޯލްޑިވިއަންގެ އޭ330-200 މަރުކާގެ ބޯޓެކެވެ. މި ބޯޓުގައި ބިޒްނަސް، އިކޮނޮމީ، އަދި އެކްސްޓްރާ ލެގްރޫމް ހިމެނޭ އިކޮނޮމީ ޕްލަސް ކްލާހާއެކު ޖުމްލަ 263 ގޮނޑި ހުރެއެވެ.

ފުރަތަމަ ތަޢާރަފުކުރި 100 ޑޮލަރުގެ ޕްރޮމޯޝަނަލް ފެއަރ މިހާރު ނިމިފައިވީ ނަމަވެސް، ފަސިންޖަރުންނަށް ސިންގަޕޫރު ނުވަތަ މެދުއިރުމަތީގެ ޤައުމުތަކުގައި ޓްރާންސިޓް ކުރުމުގެ ބަދަލުގައި މި ފްލައިޓްތައް މެދުވެރިކޮށް ސީދާ މާލެއަށް އާދެވޭނެއެވެ. ޓިކެޓާއި އެކޮމޮޑޭޝަން ހިމެނޭ ޕެކޭޖުތައް ބޮލަކަށް 2،399 ޑޮލަރުން ފެށޭއިރު، ހަމައެކަނި ދެކޮޅު ޓިކެޓް (އިކޮނޮމީ ކްލާސް) ފެށެނީ 1،429 ޑޮލަރުންނެވެ.

މެލްބަން އެއާޕޯޓުގެ ޗީފް އެގްޒެކެޓިވް ލޯރީ އާގަސް ވިދާޅުވީ މިއީ ޗުއްޓީ ހޭދަކުރާ ފަރާތްތަކަށް ލިބުނު ވަރަށް އުފާވެރި ކުރިއެރުމެއް ކަމަށެވެ. އަދި އޮސްޓްރޭލިއާގެ ފަތުރުވެރިންގެ މެދުގައި މެލްބަން އިން ރާއްޖެއަށް ކުރާ ދަތުރުތައް މަޤުބޫލުވުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.