ބޮސްނިއާގެ ގާތިލް މްލާޑިޗް ޖަލުގެ އެކަހެރިކަމުގައި މަރުވެއްޖެ

"ބޮސްނިއާގެ ޖައްލާދު" ގެ ނަމުން މަޝްހޫރުވެފައިވާ ބޮސްނިއަން ސަބް ހަނގުރާމައިގެ ކުށްވެރިޔާ ރަޓްކޯ މްލާޑިޗް، އުމުރުން 84 އަހަރުގައި ދަ ހޭގްގައި ހުންނަ އދ. ގެ ޖަލެއްގަ އެވެ.

ބޮސްނިއަން ސަބް ހަނގުރާމައިގެ ކުށްވެރިޔާ ރަޓްކޯ މްލާޑިޗް

"ބޮސްނިއާގެ ޖައްލާދު" ގެ ނަމުން މަޝްހޫރުވެފައިވާ ބޮސްނިއަން ސަބް ހަނގުރާމައިގެ ކުށްވެރިޔާ ރަޓްކޯ މްލާޑިޗް އުމުރުން 84 އަހަރުގައި ދަ ހޭގްގައި ހުންނަ އދ. ގެ ޖަލެއްގައި މަރުވެއްޖެ އެވެ.

މި އަނިޔާ ހިންގާފައިވަނީ 1992 އިން 1995 އަށް ކުރިއަށްދިޔަ ޔޫގޯސްލާވިއާ ހަނގުރާމައިގައި ހިންގި ޤަތުލުޢާންމުތަކާއި، ހަނގުރާމައިގެ ކުށްތަކާއި އަދި އިންސާނިއްޔަތާ ޚިލާފު ކުށްތަކުގެ ސަބަބުން 2017 ވަނަ އަހަރު އޭނާގެ މައްޗަށް ވަނީ އުމުރުދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި 2021 ވަނަ އަހަރު އެ ޙުކުމް ވަނީ އިސްތިއުނާފު މަރުޙަލާގައި ދަމަހައްޓާފަ އެވެ. 

މްލާޑިޗް މަރުވެފައިވަނީ، އދ. ގެ ޑިޓެންޝަން ފެސިލިޓީގެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. އުމުރުން ދުވަސްވެ ޙާލަތު ދަށްވުމުގެ ސަބަބުން އޭނާ މިނިވަންކުރުމަށް މިދިޔަ މެއި މަހު ހުށަހެޅި މައްސަލަ އދ. ގެ ކޯޓުން ވަނީ ބޭރުކޮށްލާފަ އެވެ.

ބޮސްނިއާ ހަނގުރާމައަށްފަހު 16 އަހަރު ވަންދެން ފިލައިގެން އުޅުމަށްފަހު މްލާޑިޗް ހޯދައި ހައްޔަރުކުރީ 2011 ވަނަ އަހަރު ސާބިއާއިން ނެވެ. ދުވަހަކު ވެސް އދ. ގެ ކޯޓުގެ ބާރު ގަބޫލުކޮށްފައިނުވާ މްލާޑިޗް ހައްޔަރުކުރި ފަހުން ހުރީ ދަ ހޭގްގެ ޖަލުގަ އެވެ.

ހިންގާފައިވާ ބޮޑެތި ޖަރީމާތައް

1990 ގެ އަހަރުތަކުގައި މްލާޑިޗްގެ ކޮމާންޑްގެ ދަށުން ސާބް ސިފައިން ވަނީ ބޮސްނިއާ-ހަރޒެގޮވިނާގައި ނަސްލުހޭތުކުރުމުގެ (އެތްނިކް ކްލީންސިން) ބޮޑެތި ޢަމަލުތަކެއް ހިންގާފައެވެ. މީގެ ތެރޭގައި ރިރަށް ސަރަޔޭވޯ ހިސާރުކޮށް 10،000 އަށްވުރެ ގިނަ މީހުން މެރުމާއި ސްރެބްރެނިކާގައި 8،000 އެއްހާ މުސްލިމް ފިރިހެނުންނާއި ކުޑަކުދިން އެއްފަހަރާ މަރާލުން ހިމެނެ އެވެ.

ސްރެބްރެނިކާގެ ޤަތުލު އާންމުން ސަލާމަތްވި އަދި އެ ހާދިސާގައި ބައްޕަ އާއި އެއްމާބަނޑު އަޚު ގެއްލިފައިވާ ހަސަން ހަސަނޮވިޗް ބީބީސީ އަށް މަޢުލޫމާތު ދެމުން ބުނީ މްލާޑިޗް މަރުވި ނަމަވެސް އެކަމުން ހިތްހަމަޖެހުމެއް ނުލިބޭ ކަމަށާއި އޭގެ ސަބަބުން މަރުވި މީހުން އަނބުރާ ނާންނާނެ ކަމަށެވެ. އަދި އޭނާގެ މަރަކީ ހަމައެކަނި ތަބީޢީ ކަމެއް ކަމަށާއި އޭގެ ސަބަބުން އެ ޤަތުލުއާންމު އުފަންކުރުވި ސިޔާސީ އަދި އަސްކަރީ ފިކުރަށް ނިމުމެއް ނާންނާނެކަމަށް އޭނާ ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.