އެޗްޑީސީ ވިލުންތެރި ކަނބަލުން ޕްރޮގްރާމުން 175 އަންހެނުން ތަމްރީންކޮށްފި

މި ޕްރޮގްރާމްގައި ދަސްކޮށް ދިނީ އާންމުކޮށް ފިރިހެނުން ކުރާ މަސައްކަތްތައް ކަމަށް ބެލެވިފައި އޮންނަ، ގޭތެރޭގެ އެޕްލަޔަންސްތަކާއި ސައިކަލު މަރާމާތުކުރުން ފަދަ ހުނަރުތަކެވެ.

ވިލުންތެރި ކަނބަލުން ޕްރޮގްރާމް ނިންމަން ބޭއްވި ރަސްމިއްޔާތު -- އެޗްޑީސީ

އާންމުކޮށް ފިރިހެނުން ކުރާ މަސައްކަތްތައް ކަމަށް ބެލެވިފައި އޮންނަ، ގޭތެރޭގެ އެޕްލަޔަންސްތަކާއި ސައިކަލު މަރާމާތުކުރުން ފަދަ ހުނަރުތަކާއެކު ހުޅުމާލެ އިން 264 އަންހެނުން ތަމްރީނުކޮށް އެޗްޑީސީގެ "ވިލުންތެރި ކަނބަލުން" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ޢަލީ ޒުހައިރު ވިދާޅުވީ މިއީ ހަމައެކަނި އާދައިގެ ތަމްރީނެއް ނޫން ކަމަށެވެ. އަދި މިއީ ކޮންމެ ހާލަތަކަށް ވެސް ތައްޔާރުވެފައިވާ ވިލުންތެރި މުޖުތަމަޢުއެއް ހުޅުމާލޭގައި ބިނާކުރުމަށް 2023 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރަމުން އަންނަ މަސައްކަތަށް އިތުރުވި މުހިންމު ބޮޅެއްކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ވިލުންތެރި ކަނބަލުން ޕްރޮގްރާމް ނިންމަން ބޭއްވި ރަސްމިއްޔާތު -- އެޗްޑީސީ

މި ޕްރޮގްރާމްގެ ސަބަބުން، ވަކި ޖިންސަކަށް ވަކި ބާވަތެއްގެ މަސައްކަތެއް ޚާއްސަވެފައި އޮންނަ އޮތުން ނުވަތަ މުޖުތަމަޢުގައި އޮންނަ ވިސްނުން މުގުރިގެންދާނެކަން ޒުހައިރު ފާހަގަކުރެއްވި އެވެ. އަދި މިއީ ތަފާތުކުރުންތައް ނައްތާލުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ވެސް ވިދާޅުވި އެވެ. 

ޒުހައިރު ވިދާޅުވި ގޮތުގައި އެޗްޑީސީގެ އެންމެ ބޮޑު އެއް އަމާޒަކީ ހުޅުމާލެއަކީ ދިރިއުޅެން ފަސޭހަ، އަމާން އަދި އަންހެނުންނާއި ފިރިހެނުން ވެސް ބާރުވެރިކުރުވާ މާހައުލަކަށް ހެދުމެވެ. މިގޮތުން، މި ޕްރޮގްރާމުން ކަނބަލުންނަށް ލިބުނު ހުނަރުގެ ސަބަބުން ހުޅުމާލޭގެ ތަރައްޤީގައި އެކަނބަލުންގެ ހިއްސާ އިތުރުވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.