ޓީޓީ ވެރިފިކޭޝަން ފުރިހަމަ ކުރަން ބޭންކްތަކާއެކު ކަސްޓަމުން ސޮޔެއް

މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ މުދާ އެތެރެކުރުމަށް ޓީޓީ މެދުވެރިކޮށް ކުރާ ފައިސާގެ މުޢާމަލާތްތަކާއި އަދި އެތެރެކުރެވޭ މުދަލުގެ މަޢުލޫމާތު ދިމާވޭތޯ ބެލުމުގެ ނިޒާމު ހަރުދަނާ ކުރުމެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއާ ދެމެދު ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ވެރިފިކޭޝަން އެމްއޯޔޫގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތު -- އެމްއެމްއޭ

ރާއްޖެއަށް މުދާ އެތެރެ ކުރަން ހަދާ ޓީޓީތައް ވެރިފައި ކުރަން ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކާއި އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއާ ދެމެދު ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ވެރިފިކޭޝަން އެމްއޯޔޫއެއްގައި ސޮއިކުރީ އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި ސޮއިކުރީ މިއަދު އެވެ.

މި އެއްބަސްވުމުގެ ދަށުން، ރާއްޖެއަށް އިމްޕޯޓުކުރާ މުދަލާއި ރާއްޖެއިން އެކްސްޕޯޓުކުރާ މުދަލާގުޅޭގޮތުން، ބޭންކުތައް މެދުވެރިކޮށް ހިންގާ ވިޔަފާރި ޓްރާންސެކްޝަންތަކުގެ މައުލޫމާތު ބޭންކުތަކާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ދެމެދު ބަދަލުކުރާނެ ސިސްޓަމެއް ގާއިމުކުރެވިގެންދާނެ އެވެ.

ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު ވާހަކަ ދައްކަވަނީ

މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ މުދާ އެތެރެކުރުމަށް ޓީޓީ މެދުވެރިކޮށް ކުރާ ފައިސާގެ މުޢާމަލާތްތަކާއި އަދި އެތެރެކުރެވޭ މުދަލުގެ މަޢުލޫމާތު ދިމާވޭތޯ ބެލުމުގެ ނިޒާމު ހަރުދަނާކޮށް ވިޔަފާރިއާ ގުޅުންހުރި މާލީ މުޢާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރުމެވެ.

މި ފަހުމުނާމާގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ. އަދި ބޭންކުތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުތަކުގެ ސީ.އީ.އޯ އިންނާއި މެނޭޖިންގ ޑައިރެކްޓަރުންނެވެ.
މި މަސައްކަތް ވިލަރެސްކުރާނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.