ހިޔާގެ 12 ވަނަ ޓަވަރުގެ ފްލެޓެއްގެ ބެލްކަނީގައި އަންހެނަކާއި ފިރިހެނަކު ފާޅުގައި ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓެއްގެ ބެލްކަނީގައި، އާންމުންނަށް ފެންނަ ގޮތަށް ޖިންސީ ގުޅުން ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ހިޔާގެ 12 ވަނަ ޓަވަރުގެ ފްލެޓެއްގެ ބެލްކަނީގައި އަންހެނަކާއި ފިރިހެނަކު ފާޅުގައި ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ، އެ ވީޑިއޯ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ހިޔާ ފްލެޓްތައް ހުންނަ ގޮތުން، ބެލްކަނީގައި ކުރާ ކަންކަން ދެން ހުންނަ ފްލެޓްތަކަށް ވަރަށް ސާފުކޮށް ފެނެ އެވެ. އަދި ބޭރުންދާ މީހުންނަށް ވެސް ބެލްކަނިތައް ސާފުކޮށް ފެނެ އެވެ.