ފުލުހުން ބުނީ ހާލުދެރަވެފައިވާ ދެ މީހުންގެ ތެރެއިން އެކަކު އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. މިހާދިސާގައި މަރުވެފައި ވަނީ ދަފްތަރު ނަންބަރު ރސ 6210، މާލެ، ޒާހިދާ ތައުފީގު 51، އެވެ.

ދިލްކުޝާ ގޯޅިތެރޭގައި ހުރި ގެއެއްގައި މިއަދު ހެނދުނު 10:34 ހާއިރު ހިނގި މި ހާދިސާގައި ހަބަރު ހުސްވެގެން ދެ އަންހެނުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ.
ފުލުހުން ބުނީ ހާލުދެރަވެފައިވާ ދެ މީހުންގެ ތެރެއިން އެކަކު އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. މިހާދިސާގައި މަރުވެފައި ވަނީ ދަފްތަރު ނަންބަރު ރސ 6210، މާލެ، ޒާހިދާ ތައުފީގު 51، އެވެ.
ހަބަރު ހުސްވެގެން ދެން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ 19 އަހަރުގެ އަންހެނެކެވެ. އޭނާގެ ހާލު ދެރަ ކަމަށާއި، މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެ އެވެ.