ވިޒިޓް މޯލްޑިވްސްގެ އެމްޑީގެ މަގާމަށް ޔާސިރު އައްޔަންކުރެއްވީ، އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ޝިއުރީ މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރާ ސަރުކާރު ކުންފުނި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ޔާސިރު އައްޔަންކުރައްވައިފި އެވެ.
ޔާސިރަކީ ޓޫރިޒަމް ދާއިރާގައި ގިނަ އަހަރުތަކެއް ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރެކެވެ. މިގޮތުން، އޭނާ ވަނީ ރިސޯޓު ދާއިރާގައި ފްރަންޓު އޮފީހުން ފެށިގެން އެކި އިސް މަގާމުތައް އަދާކުރައްވައިފަ އެވެ.
ޔާސިރު ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ.
ވިޒިޓް މޯލްޑިވްސްގެ އެމްޑީގެ މަގާމަށް ޔާސިރު އައްޔަންކުރެއްވީ، އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ޝިއުރީ މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެނގިފައިވާ ގޮތުގައި ޖޫން 13، 2024 އިން ފެށިގެން އެ ކުންފުނި ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޝިއުރީ މަގާމުން އިސްތިއުފާ ދެއްވީ ސަރުކާރުން އެދިގެންނެވެ.