ނޭޕާލްގައި ބިންގަނޑު ކަނޑައިގެން ގޮސް އެތައް ހާސް ބަޔަކު މަރުވެއްޖެ

ނޭޕާލްގެ ނޭޝަނަލް ޑިޒާސްޓާ އޮތޯރިޓީގެ ސެޓެލައިޓް އެނަލިސިސް އިން ދައްކާ ގޮތުގައި ނޭޕާލާއި ޗައިނާ ގުޅޭ ރަސުވާގަދީ ބޯޑަރުގެ އިރުއުތުރުން 20 ކިލޯމީޓަރު ދުރުގައި އޮންނަ ލެންޑޭ ޚޯލާ ކޯރަށް ވަނީ ގިނަ އަދަދެއް ކުނި ޖަމާވެފަ އެވެ.

ހާދިސާ ހިނގަން ދިމާވި ކަމަށް ބެލެވޭ ގޮތް ފެންނަ ކުރެހުމެއް

ޗައިނާ ނޭޕާލް ބޯޑަރު ސަރަހައްދުގައި ބިންގަނޑު ކަނޑައިގެން ދިއުން އެތައް ހާސް ބަޔަކު މަރުވެ، އެތައް ބަޔަކު ގެއްލިއްޖެ އެވެ. 

ސޯޝަލް މީޑިއާގައި މި ބިރުވެރި ހާދިސާގެ ވީޑިއޯތައް ދައުރުވަމުންދާއިރު، ބުދަ ދުވަހު ނޭޕާލްގެ ހިމާލަޔަން ބޯޑަރު ސަރަހައްދަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާގެ އަސްލަކީ ބިންހެލުމަކާ ގުޅިގެން ގަނޑުފެނާއި ހިލައިގެ ފަރުބަދައެއް ކަނޑައިގެން ދިއުން ކަމަށް ވަނީ ބެލެވިފަ އެވެ. 

ޖަރުމަނުގެ ރިސާޗް ސެންޓަ ފޯ ޖިއޯސައިންސަސް އިން ބުނާ ގޮތުގައި، ފެންބޮޑުވުމުގެ މި ހާދިސާ ހިނގުމުގެ ގާތްގަނޑަކަށް ހަތް މިނެޓު ކުރިން އެ ސަރަހައްދަށް ވަނީ 4.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފަ އެވެ. ސެކިއުރިޓީ ކެމެރާތަކުން ފެންނަ ގޮތުގައި ބޯޑަރު ސަރަހައްދަށް ފެންގަނޑު ވަދެގެން ދިޔައީ ސީދާ މި ބިންހެލުމަށް ފަހުގައެވެ.  

ނޭޕާލްގެ ނޭޝަނަލް ޑިޒާސްޓާ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް އޮތޯރިޓީގެ ސެޓެލައިޓް އެނަލިސިސް އިން ދައްކާ ގޮތުގައި ނޭޕާލާއި ޗައިނާ ގުޅޭ ރަސުވާގަދީ ބޯޑަރުގެ އިރުއުތުރުން 20 ކިލޯމީޓަރު ދުރުގައި އޮންނަ ލެންޑޭ ޚޯލާ ކޯރަށް ވަނީ ގިނަ އަދަދެއްގެ ގަނޑުފެނާއި ހިލަ ވެއްޓިފަ އެވެ. ސައިންސްވެރިން ލަފާކުރާ ގޮތުގައި މީގެ ސަބަބުން ކޯރު ބެނދި، ފެނާއި ކުނިބުނި އެއްވެ ގުދުރަތީ ހުރަހެއް އުފެދުނެވެ.  މިގޮތަށް ބެނދިފައި އޮތް އޮތުން ކުއްލިއަކަށް ފަޅައިގެން ދިއުމާއެކު، ކިސަޑާއި ހިލައާއެކު ބޮޑު ފެންގަނޑެއް ލެންޑޭ ޚޯލާ އިން ފެށިގެން ބޯޓޭ ކޯޝީ ކޯރުގެ ނިޒާމުގެ ތެރެއަށް ވަރަށް ބާރަށް އޮހިގެން ދިޔަ އެވެ. މި ހާދިސާގައި އެ ސަރަހައްދުގެ މީހުން ދިރިއުޅޭ ހިސާބުތަކަށް ފެންގަނޑު ވަދެ، އިމާރާތްތަކާއި، މަގުތަކާއި، ފާލަންތަކުގެ އިތުރުން ކަރަންޓު ވިއުގަތައް ވަނީ ބޮޑެތި ގެއްލުންތަކަކާއެކު ހަލާކުވެފަ އެވެ.

އެހެންނަމަވެސް، ކަމާބެހޭ ފަރާތްތަކުން ވަނީ މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި މުޅިން ޔަގީން ނުކުރެވޭކަން ފާހަގަކޮށްފައެވެ. މިގޮތުން 4.4 މެގްނިޓިއުޑްގެ ބިންހެލުމުގެ ސަބަބުން ފަރުބަދަމަތީގެ ބިމަށް ލޮޅުންއަރައި ގަނޑުފެންގަނޑު ކަނޑައިގެން ދިޔައީ ތޯ ނުވަތަ ގްލޭޝިއަލް ކުޅިއެއް ފަޅައިގެން ދިޔައީ ތޯ ސައިންސްވެރިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.  

ނޭޕާލްގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި މިއީ ބޯކޮށް ވާރޭ ވެހިގެން ހިނގި ހާދިސާއެއް ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ، މި ހާދިސާ ހިނގުމުގެ ކުރިން ރަސުވާ ސަރަހައްދަށް މާ ބޮޑަށް ވާރޭ ވެހިފައި ނުވުމެވެ. އެހެންކަމުން މިއީ މަތިން ކޯރެއް ބެނދިފައި ހުރެފައި ކުއްލިއަކަށް ފަޅައިގެން ދިއުމުން ދިމާވި ކަމެއް ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.