މިދިޔަ ހަފުތާ ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 74 ޕަސެންޓް ދަށް

ވީކްލީ ސްޓެޓިސްޓިކްސް ދައްކާ ގޮތުން މި އޮގަސްޓް މަހުގެ 2 އިން 8 ގެ ނިޔަލަށް ޑޮލަރުގެ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 12.96 މިލިއަން ޑޮލަރެވެ. ނަމަވެސް ކުރީ ހަފުތާގައި ދައުލަތަށް 50.86 މިލިއަން ޑޮލަރެވެ.

ޓޫރިޒަމް ފަތުރުވެރިކަން ޓޫރިސްޓުން ފަތުރުވެރިން ކްރޫޒަ ލައިނާ -- މިރާ

ދައުލަތަށް މިމަހުގެ 8-2 ގެ ނިޔަލަށް ޑޮލަރުން ލިބުނު އާމްދަނީ، ހަފުތާއާ އަޅާބަލާއިރު 74.5 ޕަސެންޓް ދަށްވެއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ވީކްލީ ސްޓެޓިސްޓިކްސް ދައްކާ ގޮތުން މި އޮގަސްޓް މަހުގެ 2 އިން 8 ގެ ނިޔަލަށް ޑޮލަރުގެ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 12.96 މިލިއަން ޑޮލަރެވެ. ނަމަވެސް، އޭގެ ކުރީ ހަފުތާ (26 ޖުލައި އިން 1 އޮގަސްޓް 2026) ގައި ދައުލަތަށް 50.86 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މިއީ ގާތްގަނޑަކަށް 37.9 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.

މި މުއްދަތުގައި އާމްދަނީ އެންމެ ބޮޑަށް ދަށްވެފައިވަނީ، ކޯޕަރޭޓް އިންކަމް ޓެކްސް (ސީއައިޓީ/ ބީޕީޓީ) އަދި ފަތުރުވެރިކަމުގެ ދާއިރާ އިން ނަގާ ޖީއެސްޓީ (ޓީޖީއެސްޓީ) އިން ލިބުނު އަދަދު ބޮޑުތަނުން ދަށްވުމާ ގުޅިގެންނެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ކޯޕަރޭޓް އިންކަމް ޓެކުހަށް ކުރީ ހަފުތާގައި 20.85 މިލިއަން ޑޮލަރު ލިބުނު ނަމަވެސް، މި ހަފުތާގައި ލިބިފައިވަނީ 6.4 މިލިއަން ޑޮލަރެވެ. މިއީ 69 ޕަސެންޓްގެ ދަށްވުމެކެވެ. އަދި ޓީޖީއެސްޓީގެ ގޮތުގައި ކުރީ ހަފުތާގައި 20.25 މިލިއަން ޑޮލަރު ލިބުނުއިރު، މި ހަފުތާގައި ލިބުނީ 3.48 މިލިއަން ޑޮލަރެވެ. މިއީ ގާތްގަނޑަކަށް 82 ޕަސެންޓްގެ ދަށްވުމެކެވެ.

ހަފުތާ އިން ހަފުތާ އަށް ބަލާއިރު އާމްދަނީ ދަށްވި ނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދައުލަތަށް ލިބުނު ޑޮލަރުގެ އާމްދަނީ ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. އެގޮތުން، 2025 ވަނަ އަހަރުގެ އޮގަސްޓް 3 އިން 9 އަށް ލިބިފައިވަނީ އެންމެ 4.25 މިލިއަން ޑޮލަރެވެ. އެހެންކަމުން މިއަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަކީ، މިދިޔަ އަހަރާ އަޅާބަލާއިރު 204 ޕަސެންޓް (8.7 މިލިއަން ޑޮލަރު) ގެ ބޮޑު ކުރިއެރުމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.