ޑޮލަރުގެ މަސައްލައިގައި އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު ވާނެ: ރައީސް

"ބޭރުފައިސާގެ ކަންކަމުގައި އެއަޅާ ފިޔަވަޅުތައް ވެސް ހަމަޔަގީނުން ވެސް އޭގެ ނަތީޖާތައް ރަނގަޅުވާނެ. ސިޔާސީ ބޭނުމެއްގަ ބައެއް ފަރާތްތަކުން އެކިކަހަލަ ވާހަކަތައް ދައްކަފާނެ. އެކަމު އޭގެ ނަތީޖާ ޖުމްލަކޮށް ވަރަށް ރަނގަޅުވާނެ،" ރައީސް ވިދާޅުވި އެ

"ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ނޭޝަނަލް ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކީ އެތައް ދިރާސާއަކާއި، އެތައް މަޝްވަރާއެއް ކުރުމަށްފަހު 'ފެކްޓް ބޭސް'ކޮށް އަޅާ ފިޔަވަޅުތަކެއް ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހަށް ގާނޫނެއް އިސްލާހު ކުރަން ހުށަހެޅިޔަސް، އެކަންވެސް ކުރަނީ ރަނގަޅު ޕްރޮސެސްއެއްގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނަގާ ފިޔަވަޅުތައް، ގާނޫނެއް ހެދިޔަސް، ގާނޫނެއް އިސްލާހު ކުރިޔަސް، މިކަންކަން މިކުރަނީ ފެކްޓް ބޭސްކޮށް. އަޅުގަނޑުމެން ހަމަ ތިބެފަ ކަމެއް ނުކުރަން. އެތައް މަހެއްގެ، އެތައް ދުވަހެއްގެ މަޝްވަރާއާ އަދި ޓެކްނިކަލް އިވެލުއޭޝަންތަކާ، ބޭރު ގައުމުތަކުގަ މިކަން ކޮށްފަ ހުންނަ ގޮތަށް، މިހުރިހާ ކަމެއްވެސް އަޅުގަނޑުމެންގެ ޓީމުތަކުން ބަލާ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު ފުޅާކޮށް ތަރައްގީ ކުރުމަށް މި ސަރުކާރުން ކޮށްފައި އަދި ކުރަމުންދާ މަސައްކަތާ ގާތަށް ވެސް އެހެން ސަރުކާރަކުން މަސައްކަތްކޮށްފައި ނުވާ ކަމަށެވެ. އަދި އިގުތިސޯދު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގައި އެތައް ކަމެއް ހާސިލްކޮށްފައިވާއިރު، ހުރިހާ ދާއިރާއަކުން އިތުރު ކަންކަން ތަންފީޒު ކުރުމަށް މިހާރުވެސް އެތައް މަސައްކަތެއް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ބޭރު ފައިސާގެ ކަންކަމުގައި އެއަޅާ ފިޔަވަޅުތައް ވެސް ހަމަ ޔަގީނުން ވެސް އޭގެ ނަތީޖާތައް ރަނގަޅުވާނެ. ސިޔާސީ ބޭނުމެއްގަ ބައެއް ފަރާތްތަކުން އެކިކަހަލަ ވާހަކަތައް ދައްކަފާނެ، އެކަމު އޭގެ ނަތީޖާ ޖުމްލަކޮށް ވަރަށް ރަނގަޅުވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު، މިއަދު މަޖިލީހުން ވަނީ ރިސޯޓުތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާ އާ ބެހޭ ގާނޫނު އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ބިލު ފާސްކޮށްފަ އެވެ.

ނަމަވެސް ނޓޫރިޒަމް ދާއިރާގެ ޖަމިއްޔާތަކުން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލައި ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އެގޮތުން ރިސޯޓް ވިޔަފާރިވެރިންގެ ޖަމިއްޔާ، މަޓީން ބުނި ގޮތުގައި 40 ޕަސެންޓަކީ ތަހަންމަލު ކުރެވޭ ވަރުގެ ބުރައެއް ނޫން ކަމަށެވެ.

އޭގެ އިތުރުން އިދިކޮޅު ސިޔާސީ ފަރާތްތަކުން ވެސް ދަނީ އެކަމާ ދެކޮޅަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.