އިންފޮމޭޝަން ކޮމިޝަނަރަކަށް އަބްދުލްއަޒީޒު އައްޔަނު ކުރަން ފާސްކޮށްފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒު އައްޔަނު ކުރަން މަޖިލީހަށް ނަން ފޮނުވީ، އެމަގާމުގައި ހުންނެވި އާހިދު ރަޝީދުގެ ދައުރު ހަމަވާތީ އެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ ކުރީ ސަރުކާރުގައި، ސެޕްޓެމްބަރު 6. 2021 ގަ އެވެ.

އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު -- ފޮޓޯ: މަޖިލިސް

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން، ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒު އައްޔަނު ކުރަން މަޖިލީހަށް ނަން ފޮނުވީ، އެމަގާމުގައި ހުންނެވި އާހިދު ރަޝީދުގެ ދައުރު ހަމަވާތީ އެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ ކުރީ ސަރުކާރުގައި، ސެޕްޓެމްބަރު 6. 2021 ގަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އަޒީޒް އެ މަގާމަށް އައްޔަނު ކުރަން ފާސްކޮށްފައި ވަނީ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 47 މެންބަރުން ވޯޓުންނެވެ. އޭނާ އަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ 11 މެންބަރުންނެވެ.

އަބްދުލްއަޒީޒަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އައްޔަނު ކުރި ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރެވެ. އޭނާ އެ މަގާމުން ވަކިވެވަޑައިގަތީ ދައުރު ހަމަވުމުން، ޖުލައި 22، 2019 ގައެވެ.

މިހާރު ހުންނެވީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.