ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު މާރުކުރަން ޖެހޭ ގޮތަށް ފާސްކޮށްފި

އެ އިސްލާހަށް ތާއީދު ކުރައްވައި ވޯޓު ދެއްވީ 47 މެންބަރުންނެވެ. އެ ބިލް ފާސް ކުރަން ނުފެންނަ ކަމަށް އިދިކޮޅުގެ 12 މެންބަރަކު ވޯޓު ދެއްވި އެވެ.

ރާއްޖެއަށް އައި ޓޫރިސްޓުންތަކެއް: ފޮޓޯ: އެމްއޭސީއެލް

ރިސޯޓުތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާ އާ ބެހޭ ގާނޫނު އިސްލާހު ކުރަން މަޖިލީހުން ފާސްކޮށްފި އެވެ.

އޮކްޓޯބަރު 1، 2024 ގައި ތަންފީޒު ކުރަން ފެށި ބޭރު ފައިސާގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ޓޫރިޒަމް ދާއިރާ އިން ލިބޭ އާމްދަނީގެ 20 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް މާރު ކުރަން ޖެހެ އެވެ.

ބޭރު ފައިސާ އާ ބެހޭ ގާ=ނޫނަށް ސަރުކާރުގެ ފަރާތުން ހޮޅުދޫދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވާފައިވާ ބިލަށް، ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން އޭ ކެޓަގަރީގެ ވިޔަފާރިތަކަށް މަހަކު ލިބޭ ބޭރުފައިސާގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކަކަށް މާރުކުރަން ޖެހޭނެ އެވެ.

އެ އިސްލާހަށް ތާއީދު ކުރައްވައި ވޯޓު ދެއްވީ 47 މެންބަރުންނެވެ. އެ ބިލް ފާސް ކުރަން ނުފެންނަ ކަމަށް އިދިކޮޅުގެ 12 މެންބަރަކު ވޯޓު ދެއްވި އެވެ.

ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު މާރު ކުރަން މަޖިލީހުން ފާސްކުރި އިރު ޓޫރިޒަމް ދާއިރާގެ ޖަމިއްޔާތަކުން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލައި ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އެގޮތުން ރިސޯޓް ވިޔަފާރިވެރިންގެ ޖަމިއްޔާ، މަޓީން ބުނި ގޮތުގައި 40 ޕަސެންޓަކީ ތަހަންމަލު ކުރެވޭ ވަރުގެ ބުރައެއް ނޫނެވެ.

ނަމަވެސް ސަރުކާރުން މި ނިންމުން ނިންމާފައި ވަނީ ރާއްޖެ އަށް ދިމާވެފައިވާ ޑޮލަރުގެ ތާށިކަން ހައްލު ކުރުމަށްޓަކައި ކޮންމެހެން މުހިންމު ނިންމުމެއް ކަމަށް ބުނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.