އެމެރިކާގެ މި ނިންމުމާއެކު ދިވެހި ސަރުކާރުން ވަނީ އެގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް މަރުހަބާ ކިޔައިފަ އެވެ. އަދި އެގައުމުގައި ސުލްހަ އާއި ހަމަޖެހުމާއި ތަނަވަސްކަން ދެމިއޮތުމަށް ވަނީ އެދިފަ އެވެ.

އެމެރިކާގެ 'ސްޓޭޓް ސްޕޮންސާސް އޮފް ޓެރަރިޒަމް' ލިސްޓުން ރަސްމީކޮށް ސީރިއާ އުނިކުރުމަށް ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި އެވެ.
އެމެރިކާގެ މި ނިންމުމާއެކު ދިވެހި ސަރުކާރުން ވަނީ އެގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް މަރުހަބާ ކިޔައިފަ އެވެ. އަދި އެގައުމުގައި ސުލްހަ އާއި ހަމަޖެހުމާއި ތަނަވަސްކަން ދެމިއޮތުމަށް ވަނީ އެދިފަ އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާގެ މި ނިންމުމާއެކު ސީރިއާ އަލުން އާރާސްތުކުރުމަށް އިތުރު ބާރެއް ލިބި، އެގައުމުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އެތައް ގުނައަކުން ރަނގަޅު ވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ރާއްޖޭން އަބަދުވެސް ސީރިއާގެ ސިޔާދަތާއި، މިނިވަންކަމާއި، ސަރަހައްދީ އިމުގެ އިސްތިގުލާލަށް ފުރިހަމައަށް ތާއީދު ކުރާނެ ކަމަށް އެބަޔާނުގައިވެ އެވެ.
އަދި، ސީރިއާގެ ރައްޔިތުންގެ އުންމީދުތައް ހާސިލްކުރުމަށް، އެ ގައުމުގެ ރައްޔިތުން އިސްވެ، އެންމެންގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވެ އެވެ.