ފުލުހުން މިއަދު ބުނީ، އިއްޔެ ވައިގެ މަގުން ރާއްޖެއަށް އެތެރެވި އެމެރިކާ ރައްޔިތެއް ކަމަށްވާ ކޮބޯލް ބްރިޓެއިން ޓައިވާ 36، ނަމަކަށް ކިޔާ މީހެއްގެ ލަގެޖު ބަލައި ފާސްކުރިއިރު، ވަޒަން އަޅާފައި ހުރި މެގަޒިނެއް ފެނިފައިވާ ކަމަށެވެ.

އެހެންވެ، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުނަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އިތުރަށް ބުނެފައި ވަނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.