ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރާ ގޮތަށް ހަދައިފި

އެ ގަވާއިދަށް އަމަލުކުރަން ފަށާނީ އެއް މަސް ދުވަސް ފަހުންނެވެ.

ބިދޭސީންގެ ބަޔަކު މަަސައްކަތު ގައި: އެމީހުންނަށް ދޭ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރާ ގޮތަށް ވަނީ ބަދަލުކޮށްފައި --

ބިދޭސީންނަށް ދޭންޖެހޭ މުސާރާ، ބޭންކް އެކައުންޓަކަށް ޖަމާކުރަން ލާޒިމްކޮށް، ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު އިސްލާހު ކޮށްފި އެވެ.

ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މުވައްޒަފުންނަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަންވާނީ އެމްއެމްއޭގައި ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ އެ މުވައްޒަފެއްގެ ބޭންކު އެކައުންޓަކަށް ކަމަށެވެ.

އެ ގަވާއިދަށް އަމަލުކުރަން ފަށާނީ އެއް މަސް ދުވަސް ފަހުންނެވެ.

ބިދޭސީން މުސާރަ ބޭންކު އެކައުންޓަށް ޖަމާކުރަން ޖެހޭ ގޮތަށް މީގެ ކުރިން ވެސް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނަ އެވެ. އެ އިސްލާހުގެ ދަށުން، ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް އެމީހުންގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާނުކުރާނަމަ، ވަޒީފާ ދޭ ފަރާތް ޖޫރިމަނާ ކުރާނެ ކަމަށްވެސް ހިމަނާފައިވެ އެވެ.

ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް ބޭންކް އެކައުންޓަށް ޖަމާކުރުން ގާނޫނުން އޭރު ލާޒިމްކުރީ ބިދޭސީން އަތުން ރެމިޓެންސް ޓެކްސް ނެގުމަށެވެ. އެ ޓެކްސް އަކީ އެމީހުން ރާއްޖޭން ބޭރަށް ފޮނުވާ ފައިސާއިން ދައުލަތަށް ނަގާ އެއްޗެކެވެ. ނަމަވެސް ސައްހަ ވިސާ ނެތް ބިދޭސީން ގިނަކަމުން އެކަން ވަނީ މަޑު ޖައްސާލައިފަ އެވެ. 

ބިދޭސީންނަށް ދޭ މުރާސަ ބޭންކް އެކައުންޓަށް ޖަމާކުރާ ގޮތަށް ބަދަލުކޮށްފައި މިވަނީ ބިދޭސީން ގަވާއިދަށް ފެއްތުމަށް ސަރުކާރުން ބޮޑު ކެމްޕޭނެއް ހިންގުމަށްފަހުގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.