އަދީބުގެ 1 މިލިއަން ރުފިޔާގެ ޖޫރިމަނާ ދައުތަށް ދައްކައިފި

ކޯޓްގެ ހުކުމްގައި ވަނީ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދެއްކުމަށެވެ. ނަމަވެސް އޭގެތެރެއިން އެއް މިލިއަން ރުފިޔާ ނުދައްކާ އޮތުމުން ދައުލަތުން ވަނީ އެ ފައިސާ ހޯދަން ސިވިލް ކޯޓުގައި ދައުވާ ކޮށްފަ އެވެ.

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ ސާބިތުވެ 20 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމުގައި ޖޫރިމަނާގެ ގޮތުގައި ދައްކަން އޮތް ފައިސާގެ ތެރެއިން ނުދައްކާ އޮތް އެއް މިލިއަން ރުފިޔާ ދައުލަތަށް ދައްކައިފި އެވެ.

އަދީބުގެ މައްޗަށް ދައުލަތުން ދައުވާކުރީ ހިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށް ބުނާ ދެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާ އެކެވެ. މަނީ ލޯންޑަރިންގެ ދެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ދައުވާއެއް ވެސް އުފުލި އެވެ.

މި ދައުވާތަކާއި ގުޅިގެން އަދީބު ވަނީ ތަހުގީގަށް އެއްބާރުލުންދޭން ނިންމައި ދައުލަތާއި އެކު އެއްބަސްވުމެއް ހަދާފަ އެވެ. އެހެން ކަމުން އަދީބަށް އިއްވީ ލުއި ހުކުމެކެވެ. އަދި މި ދައުވާތަކަށް އަދީބު އެއްބަސްވުމުންނާއި އަދީބާއި ދައުލަތުގެ ފަރާތުންވެސް މި މައްސަލަތަކަށް އަވަސް ނިއާއެއް ކަނޑައެޅުމަށް ބޭނުންވުމުން އަދީބު، 20 އަހަރަށް ޖަލަށްލުމާއެކު ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ އޮކްޓޫބަރު 5، 2020 ގައެވެ.

ކޯޓްގެ ހުކުމްގައި ވަނީ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދެއްކުމަށެވެ. ނަމަވެސް އޭގެތެރެއިން އެއް މިލިއަން ރުފިޔާ ނުދައްކާ އޮތުމުން ދައުލަތުން ވަނީ އެ ފައިސާ ހޯދަން ސިވިލް ކޯޓުގައި ދައުވާ ކޮށްފަ އެވެ.

ސިވިލް ކޯޓުން އިއްޔެ ނެރުނު މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ވަނީ، ނުދައްކާ އޮތް ފައިސާ އަދީބު ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ. އެގޮތުން ސެޕްޓެމްބަރު 11، 2025 ގައި 100،000ރ. ދައްކާފައިވާ ކަމަށާއި ބާކީ ހުރި 900،000ރ. މިމަހުގެ 13 ވަނަ ދުވަހު ދައްކާފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

އެހެންވެ، އޭނާގެ މައްޗަށް އޮތް ޖޫރިމަނާގެ ހުކުމް ތަންފީޒު ކޮށްފައިވާ ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

އަދީބަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވިޔަސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަދީބު ގޭ ބަންދަށް ބަދަލު ކުރި އެވެ. އެ ފަހުން ހަތަރު ދުވަހަށް ޖަލު ހުކުމް ކުޑަކޮށްދެއްވި އެވެ. އެ ނިންމުމާއެކު އަދީބު މިހާރު ވަނީ މިނިވަންވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.