ރަސްމާލޭން 716 ހެކްޓަރު ހިއްކައިފި؛ މިއީ މިހާރު އެންމެ ބިން ބޮޑު ރަށް

"މިއީ މީގެ ކުރިން އެންމެ ބޮޑު ރަށުގެ ގޮތުގައި އޮތް ލ. ގަމަށް (609 ހެކްޓަރު) ވުރެ 107 ހެކްޓަރު ބޮޑު މިންވަރެއް،" ނާޝިދު ވިދާޅުވި އެވެ.

ރަސްމާލޭން ހިއްކާފައިވާ ސަރަހައްދު -- ފޮޓޯ: ނާޝިދު

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" މަޝްރޫއުގެ 62 ޕަސެންޓް ހިއްކައި ނިންމާލައިފި އެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާޝިދު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ހިންގާ ބިން ހިއްކުމުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.

އޭނާ ވިދާޅުވީ ޖުމްލަ 1,150 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ ދަށުން މިހާރު 716 ހެކްޓަރު ހިއްކާ ނިމިފައިވާ ކަމަށާއި، އެތަން މިހާރު ވާނީ އެންމެ ބިން ބޮޑު ރަށަށް ކަމަށެވެ. 

"މިއީ މީގެ ކުރިން އެންމެ ބޮޑު ރަށުގެ ގޮތުގައި އޮތް ލ. ގަމަށް (609 ހެކްޓަރު) ވުރެ 107 ހެކްޓަރު ބޮޑު މިންވަރެއް،" ނާޝިދު ވިދާޅުވި އެވެ.

ނާޝިދު އިތުރަށް ވިދާޅުވީ ރަސްމާލެގެ މަސްރޫއު ނިމުމާއެކު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށާއި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުން ކަމަށެވެ.

ރަސްމާލެ ހިއްކަން ބޭނުން ކުރަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ 'ކްރިސްޓޮބަލް ކޮލޮން' އުޅަނދު ބޭނުންކޮށްގެންނެވެ. މިއީ 46,000 ކިއުބިކް މީޓަރުގެ ހޮޕާ ކެޕޭސިޓީއެއް ހުންނަ މި އުޅަނދަކީ ބޮޑެތި މަޝްރޫއުތަކަށް ހާއްސަ ފަންނީ ގޮތުން ކުރިއަރާފައިވާ އުޅަނދެކެވެ.މި މަސައްކަތް ކުރިއަށް ގެންދަނީ ބައިނަލްއަގުވާމީ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޖެން ޑި ނަލް އިންނެވެ.

މި ސަރުކާރުގެ ހައުސިން ސްކީމްގެ ދަށުން ރަސްމާލެއިން ޖުމްލަ 25،000 ގޯތި ދޫކުރަން ވަނީ ނިންމައިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.