އެމްޕީއެލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މާލޭ ވިޔަފާރި ބަނދަރަށް މިމަހުގެ 20 އިން ފެށިގެން ދަނި ލޯޑު ބޮޑުވަމުންނެވެ.

މިމަސް ވެގެންދިޔައީ މާލެ ވިޔަފާރި ބަނދަރަށް މިހުގެ ތާރީހުގައި އެންމެ ގިނައިން ކޮންޓެއިނަރުގައި މުދާ ގެނެސް އަދި ކޮންޓެރިނަރު ހުސްކުރި ދުވަސްތަކަށެވެ. މިގޮތުން މާލެ ވިޔަފާރި ބަނދަރު މިމަހުގެ 21 އިން ފެށިގެން އޮތީ ވަރަށް ބިޒީކޮށެވެ
އެމްޕީއެލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މާލޭ ވިޔަފާރި ބަނދަރަށް މިމަހުގެ 20 އިން ފެށިގެން ދަނި ލޯޑު ބޮޑުވަމުންނެވެ. މިގޮތުން 857 ޓީއީޔޫއާއެކު އައި ކޮންޓޭނަރު އުފުލާ ބޯޓު "އެމްއެސްސީ މަނާސާ"ގެ ކޮންޓޭނަރު 20 ވަނަ ދުވަހު ބޭލުމާއި އެރުވުމުގެ މަސައްކަތްތައް 3 ދުވަހަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި މި ކުންފުނީގެ އޮޕަރޭޝަންސް ފުރިހަމަކޮށްފައެވެ. އަދި މި ބޯޓު ވަނީ 23 އޯގަސްޓް 2026 ވަނަ ދުވަހު ފުރައިފަ އެވެ.
މި ބޯޓުގެ ޖުމްލަ ތުރޫޕުޓް (އެރުވި ޓީއީޔޫ އަދި ބޭލި ޓީއީޔޫ) ގެ އަދަދަކީ 1747 މި ހަފުތާއަކީ މާލޭ ވިޔަފާރި ބަނދަރަށް ބާރު ބޮޑު ދުވަސްވަރެކެވެ. އެގޮތުން މި ހަފުތާގައި މުދާ އުފުލާ ގިނަ ބޯޓުތަކެއް މާލޭ ބަނދަރަށް އައިސްފައިވެ އެވެ،.
ސަރުކާރުން ދަނީ ބާރު ބޮޑުވަމުން އަންނަ މި ބަނދަރުން ދޭ ހިދުމަތްތައް ރަނގަޅު ކުރުމުގެ ގޮތުން އަންނަ އަހަރު އާ ބަނދަރު ހުޅުވަން މަަސައްކަތް ކުރަމުންނެވެ. މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ ބުރަ މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ ކުންފުންޏަކާ އެވެ.