ދޮޅު މަސް ފަހުން އެކްސިޑެންޓަށްފަހު ފިލި ދޯނި ފެނިއްޖެ

ފުލުހުން އިތުރަށް ބުނީ އެ އުޅަނދު ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ. އަދި ކަށަވަރު ކުރަންޖެހޭ ކަންކަން ކަށަވަރު ކުރުމަށްފަހު ދޯނީގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށްވެސް ބުންޏެވެ.

އެކްސިޑެންޓްވި ލޯންޗު --

މިދިޔަ ޖުލައި ނުވަވަނަ ދުވަހުގެ ރޭ ކަނޑުމަތީގައި ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓަށްފަހު ފިލި އުޅަނދު ހުޅުމާލޭ ފަޅުގައި އަޅާފައި އޮއްވައި ފުލުހުން ހޯދައިފި އެވެ.

އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ހިނގި މި އެކްސިޑެންޓްގައި "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އެކްސިޑެންޓަށްފަހު އެ ލޯންޗު އިއްޒުއްދީން ފާލަމަށް ގާތްކުރި ނަމަވެސް ދޯނި ވަނީ މަޑުނުކޮށް ފިލައިގެން ގޮސްފަ އެވެ.

ފުލުހުން މިއަދު ބުނީ ފިލައިގެން ދިޔަ ދޯނި ހޯދުމުގެ މަސައްކަތުގެ ތެރެއިން، މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 17:52 އެހައިކަންހާއިރު ހުޅުމާލެ ފަޅުގައި އަޅާފައި އޮއްވާ ފެނިފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެ އުޅަނދު ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ. އަދި ކަށަވަރު ކުރަންޖެހޭ ކަންކަން ކަށަވަރު ކުރުމަށްފަހު ދޯނީގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށްވެސް ބުންޏެވެ.

މި އެކްސިޑެންޓް ހިނގިއިރު ލޯންޗުގައި ފަސް މީހުން ތިއްބެވެ. އެއީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ. އެމީހުންނަށް ސީރިއަސް އަނިޔާއެއް ނުލިބުނު ނަމަވެސް އެކިވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.