ހުއްދަ ނުނަގާ 9 މަހުން 76 މިލިއަން ޑޮލަރު މާރުކުރި: އިހުސާން

"މީގެ ތެރެއިން 7 ފަރާތަކުން މިދިޔަ ނުވަ މަސް ތެރޭގައި މާކެޓުގައި 76 މިލިއަން ޑޮލަރު ކަޅު ބާޒާރުގައި ވިއްކި. މީގެ ތެރޭގައި ހިމެނޭ ހުއްދަ ނުނަގާ ކުރާ ފަރާތްތައް ވެސް." އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު އިހުސާން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

ޑޮލަރު މާރު ކުރުމުގެ ލައިސެންސެއް ނެތި އެ މަސައްކަތް ކުރާ ހަތް ފަރާތަކުން ނުވަ މަސް ތެރޭގައި 76 މިލިއަން ޑޮލަރު ކަޅު ބާޒާރުގައި ވިއްކާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ރާއްޖޭގައި މިވަގުތު ރަޖިސްޓާ ކޮށްގެން ހިންގާ 63 މަނީ އެކްސްޗޭންޖް ހުރި ކަމަށާއި ހުއްދަ ނުނަގާ ވެސް އެތައް ބަޔަކު އެކަން ކުރާ ކަމަށެވެ. 

"މީގެ ތެރެއިން 7 ފަރާތަކުން މިދިޔަ ނުވަ މަސް ތެރޭގައި މާކެޓުގައި 76 މިލިއަން ޑޮލަރު ކަޅު ބާޒާރުގައި ވިއްކި. މީގެ ތެރޭގައި ހިމެނޭ ހުއްދަ ނުނަގާ ކުރާ ފަރާތްތައް ވެސް." އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި ހުއްދަ ނުނަގައި ޑޮލަރު މާރު ކުރުމަކީ ރާއްޖޭގައި ޖިނާއީ ކުށެކެވެ. އަދި އެ ކުށް ކޮށްގެން ފައިސާ ހޯދައި އޭގެން އަމިއްލަ ގޮތުންނާއި ވިޔަފާރި މަންފާ ހޯދުމަކީ މަނީ ލޯންޑަރިން ކުށް ފެތޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ފަރާތްތަކުން އެނގިގެން ވިޔަސް ނޭނގި ވިޔަސް މި އެންގޭޖް ވަނީ މަނީ ލޯންޑަރިންގެ ހަރަކާތްތަކުގައި." އިހުސާން ވިދާޅުވި އެވެ. 

އިހުސާން ވިދާޅުވީ މަނީ އެކްސްޗޭންޖްތަކަށް ޑޮލަރު ލިބޭ ގޮތްތައް ތަހުގީގު ކުރި އިރު އޭގެ ތެރޭގައި ރާއްޖޭގައި ޑޮލަރުން އާމްދަނީ ހޯދާ ފަރާތްތައް ހިމެނޭ ކަމަށެވެ. އެގޮތުން ރިސޯޓު ޗެއިންއަކުން މިދިޔަ ނުވަ މަސް ތެރޭގައި ހަތަރު މިލިއަން ޑޮލަރު ކަޅު ބާޒާރުގައި މާރު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ގިނަ ފަރަހަށް އާގިއުމަންޓް މި އޮންނަނީ [އެމްއެމްއޭ އަށް ޑޮލަރު މާރު ކުރަން ޖެހޭ އަދަދު] ބޮޑުވެގެން، އެކަމަކު ކަޅު ބާޒާރަށް ނެރެންވީމަ ޑޮލަރު އެބަހުރޭ. އެމްއެމްއޭގަ މާރު ކުރަންވީމަ ނުހުރޭ،" އިހުސާން ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.