އުލިގަމުގައި ޔޮޓް މެރީނާ ތަރައްގީކުރާ ބިން އެމްޕީއެލްއާ ޙަވާލުކޮށްފި

ޔޮޓް މެރީނާ އެޅުމަށް ބޭނުންވާ ބިން އުލިގަމު ކައުންސިލުން އެމްޕީއެލްއާ ހަވާލުކޮށްފައި ވަނީ އެތަން ހިންގަން ފަށާތާ ތިން އަހަރު ފަހުން ކުލި ނަގާ ގޮތަށެވެ.

އުލިގަމުގައި ޔޮޓް މެރީނާ އެޅުމަށް ބޭނުންވާ ބިން އެމްޕީއެލްއާ ހަވާލުކުރުން -- ފޮޓޯ: އެމްޕީއެލް

ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީ ކުރުމަށް ބޭނުންވާ ބިމުގެ އެއްބަސްވުމުގައި އެމްޕީއެލް އާއި އުލިގަމު ކައުންސިލުން ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ސީއީއޯ، ކެޕްޓަން ހުސެއިން ޝަފީގެވެ. އަދި އުލިގަމު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލުގެ ރައީސް އަސަދުﷲ މުހައްމަދެވެ.

މި މަޝްރޫއުއާ ގުޅޭ ގޮތުން ޝަފީގު ވިދާޅުވެފައި ވަނީ މިއީ ގާތްގަނޑަކަށް 18 ޔޮޓުގެ ޖާގަ ހިމެނޭ ޔޮޓް މެރީނާއެއް ކަމަށެވެ. ކުޑަ ސްކޭލްއެއްގައި އެތަން ފުރަތަމަ ތަރައްގީ ކުރި ނަމަވެސް، ފަހުން އެތަން ފުޅާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭރުން އެތަން ވެގެންދާނީ ދުނިޔޭގެ ފެންވަރުގެ ތަނަކަށްކަން ވެސް ފާހަގަކުރެއްވި އެވެ.

ޔޮޓް މެރީނާ އެޅުމަށް ބޭނުންވާ ބިން އުލިގަމު ކައުންސިލުން އެމްޕީއެލްއާ ހަވާލުކޮށްފައި ވަނީ އެތަން ހިންގަން ފަށާތާ ތިން އަހަރު ފަހުން ކުލި ނަގާ ގޮތަށެވެ.

މި މަޝްރޫއު އެމްޕީއެލް އިން ހަވާލުކޮށްފައި ވަނީ ސަސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑްއާ އެވެ.

މި މެރީނާއިން ޔޮޓް ފަހަރަށް ބޭނުންވާ މައިގަނޑު ހިދުމަތްތައް ލިބިގެންދާނެ އެވެ. އަދި މީގެ އިތުރުން އިމިގްރޭޝަނާއި ކަސްޓަމްސްގެ ހިދުމަތް ވެސް މި މެރީނާއިން އިން ފޯރުކޮށްދޭނެ އެވެ. އެމްޕީއެލް އިން ދަނީ ޔޮޓް މެރީނާ އޮޕަރޭޓްކޮށް، އިތުރަށް ތަރައްގީކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތްތައް ވެސް ކުރަމުންނެވެ.

އުލިގަމަކީ ރާއްޖޭން ބޭރުން އަންނަ ޔޮޓުތައް އާންމުކޮށް ބަނދަރުކުރާ މަންޒިލެކެވެ. އުލިގަމަށް ހާއްސަ އިގްތިސާދީ މަސައްކަތެއްގެ ގޮތުގައި، ޔޮޓް މެރީނާއެއް ތަރައްގީކޮށް މި ހިދުމަތް ފުޅާކޮށް، އިގްތިސާދީ ނަފާ ހޯދުމަކީ އަދުގެ ސަރުކާރުގެ އަމާޒެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.