މި ހަތަރު މީހުންނަށް ވެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާއިރު، އޭގެ ތެރެއިން ދެ މީހުންގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލަދީ ފުލުހުން ބުނެފައިވެ އެވެ.

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި، ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ ބިދޭސީއެއްގެ ހާލު ސީރިއަސް ވެއްޖެ އެވެ.
ފުލުހުން ބުނީ ރޭ ފަތިހު 5:27 ހާއިރު ގޭސް ފުޅި ގޮވައިގެން އަލިފާން ރޯވެފައި ވަނީ މއ. ދޫގަސްގައި ކަމަށެވެ.
މި ހާދިސާގައި ހަތަރު ބިދޭސީންނަށް ވަނީ އަނިޔާވެފަ އެވެ. އެއީ ބަންގްލަދޭޝް ދެ މީހުންނާއި އިންޑިއާއަށް ނިސްބަތްވާ ދެ މީހުންނެވެ.
މި ހަތަރު މީހުންނަށް ވެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާއިރު، އޭގެ ތެރެއިން ދެ މީހުންގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލަދީ ފުލުހުން ބުނެފައިވެ އެވެ.
އެގޭގައި ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކޮށްފަ އެވެ.