ނީލަމުގައި ވިއްކައިލީ އެއްވެސް ރައީސަކު ބޭނުންކުރެއްވި މޭޒެއް ނޫން: ތަރުޖަމާނު

"ނަމަވެސް ހަބަރުތަކުން ފެންނަ މޭޒަށް ކޮންމެވެސް ފަރާތަކުން އެވަނީ ބަދަލުތަކެއް ގެނެސް، ކުރީގެ ރައީސުން ބޭނުންކުރެއްވި ރަސްމީ މޭޒުކޮޅެއްގެ ގޮތުގައި ދައްކަން މީޑިއާ މެދުވެރިކޮށް މަސައްކަތް ކޮށްފައި،"

ރައީސް އޮފީހުން ނީލަމުގައި ވިއްކައިލި ކަމަށް ބުނާ މޭޒު --

ރައީސް އޮފީހުން ނީލަމުގައި ވިއްކައިލީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި އެއްވެސް ބޭފުޅަކު ބޭނުންކުރެއްވި މޭޒެއް ނޫން ކަމަށް ޗީފް ގަވަމެންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން މިދިޔަ މަހު ބޭއްވި ނީލަމުގައި އެ މޭޒު ގަތް މީހާ ބައެއް މީޑިއާތަކަށް ބުނެފައިވާ ގޮތުގައި، އެއީ ކުރީގެ ފަސް ރައީސަކު ބޭނުންކުރެއްވި ތާރީހީ މޭޒުކޮޅެކެވެ. އަދި އެ މޭޒު އޭނާ ގަނެފައި ވަނީ 12،500ރ. އަށް ކަމަށްވެސް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން މުންދު މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ އެ މޭޒަކީ ރާއްޖޭގެ އެއްވެސް ރައީސަކު އެއްވެސް ދުވަސްވަރެއްގައި ބޭނުންކުރެއްވި ރަސްމީ މޭޒުކޮޅެއް ނޫން ކަމަށެވެ. 

އެ މޭޒު ނީލަމުގައި ވިއްކާލާފައި ވަނީ، އޭގައި ކަތުރުފަނި އެޅުމުގެ ސަބަބުން ބޭނުން ނުކުރެވޭވަރަށް ހަލާކުވެ، ބަލަހައްޓަން ދަތިވުމުގެ ސަބަބުން، ދައުލަތުގެ އެފަދަ މުދާ ނީލަމަށްލުމަށް އޮންނަ އުސޫލުގެ ތެރެއިން ކަމަށް އެ ބަޔާނުގައިވެ އެވެ.

މުންދުގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އެގޮތަށް ކޮންމެ ފަރުނީޗަރެއް ވެސް ނީލަމަށްލަނީ ދައުލަތުގެ ނިޝާން ހަރުކޮށްފައިވާނަމަ، އެ ނިޝާން ނައްޓައިލުމަށްފަހުގައި ކަމަށެވެ. 

"ނަމަވެސް ހަބަރުތަކުން ފެންނަ މޭޒަށް ކޮންމެވެސް ފަރާތަކުން އެވަނީ ބަދަލުތަކެއް ގެނެސް، ކުރީގެ ރައީސުން ބޭނުންކުރެއްވި ރަސްމީ މޭޒުކޮޅެއްގެ ގޮތުގައި ދައްކަން މީޑިއާ މެދުވެރިކޮށް މަސައްކަތް ކޮށްފައި،" މުންދުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

އެހެންކަމުން އެފަދަ ހަބަރުތައް މީޑިއާގައި ޝާއިއުކުރާއިރު ހަގީގަތް އޮޅުންފިލުވުމަށް އެ ބަޔާނުގައި އިލްތިމާސްކުރައްވާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.