މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އަބްދުލްއަޒީޒަށް ރުހުން ހޯއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ ވަނީ އިއްވާފަ އެވެ. އެއަށްފަހު އެ މައްސަލަ ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން، ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރުގެ ނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒު އައްޔަނު ކުރަން މަޖިލީހަށް ނަން ފޮނުވީ، އެމަގާމުގައި ހުންނެވި އާހިދު ރަޝީދުގެ ދައުރު ހަމަވާތީ އެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ ކުރީ ސަރުކާރުގައި، ސެޕްޓެމްބަރު 6. 2021 ގަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އަބްދުލްއަޒީޒަށް ރުހުން ހޯއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ ވަނީ އިއްވާފަ އެވެ. އެއަށްފަހު އެ މައްސަލަ ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.
އަބްދުލްއަޒީޒަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އައްޔަނު ކުރި ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރެވެ. އޭނާ އެ މަގާމުން ވަކިވެވަޑައިގަތީ ދައުރު ހަމަވުމުން، ޖުލައި 22، 2019 ގައެވެ.
މިހާރު ހުންނެވީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ.