މި އަހަރުގެ މިހާތަނަށް ސަރުކާރުގެ ވުޒާރާތަކުގެ ތެރެއިން އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުންނެވެ. އެ މިނިސްޓްރީން 3,192.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މި އަހަރާއި މިދިޔައަހަރު ސަރުކާރުގެ ވުޒާރާތަކާއި މިނިސްޓްރީތަކުން ކުރި ހަރަދު 8.4 ބިލިއަން ރުފިޔާ (543 މިލިއަން ޑޮލަރު) އިތުރު ވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ވީސްލީ ފިސްކަލްގެ އެންމެފަހުގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ އޮގަސްޓް 13 ގެ ނިޔަލަށް 30.9 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މި އަހަރުގެ އެ މުއްދަތުގައި މި އަދަދު ވަނީ 39.8 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 8,4 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މި އަހަރުގެ މިހާތަނަށް ސަރުކާރުގެ ވުޒާރާތަކުގެ ތެރެއިން އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުންނެވެ. އެ މިނިސްޓްރީން 3,192.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ދެވަނަ އަށް އެންމެ ބޮޑު ޚަރަދެއް ކޮށްފައިވާ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން 2,428.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ތިންވަނަ އަށް އެންމެ ގިނައިން ޚަރަދުކުރި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ އިން ވަނީ 1,553.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
މި މައުލޫމާތުތަކުން އެނގޭ ގޮތުގައި އެންމެ މަދުން ހަރަދުކޮށްފައިވާ ވުޒާރާއަކީ މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އެވެ. އެ މިނިސްޓްރީން ހަރަދުކޮށްފައިވަނީ 21.1 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ މަދުން ޚަރަދުކޮށްފައިވަނީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން (29.7 މިލިއަން ރުފިޔާ) އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން (39.0 މިލިއަން ރުފިޔާ) ނެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެންމެ މަދުން ޚަރަދުކުރި ބައެއް މިނިސްޓްރީތަކަކީ މިއަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އުވާލައި އެހެން އިދާރާތަކާ އެއްކޮށްލެވިފައިވާ މިނިސްޓްރީތަކެކެވެ. ނަމަވެސް އެގްރިކަލްޗާ މިނިސްޓްރީއަކީ މެދުކެނޑުމެއްނެތި ހިނގަމުންދާ މިނިސްޓްރީތަކުގެ ތެރެއިން ވެސް އެންމެ މަދު ޚަރަދެއް ކޮށްފައިވާ އިދާރާ އެވެ.
ވުޒާރާތަކުގެ އިތުރުން، މުޅި ދައުލަތުގެ ބަޖެޓުން ވަކިވަކި އިދާރާތަކަށްވުރެ ބޮޑު ހޭދައެއް ކޮށްފައިވަނީ ސްޕެޝަލް ބަޖެޓުންނެވެ. އެގޮތުން ސްޕެޝަލް ބަޖެޓުން ވަނީ19.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފަ އެވެ.