އެކްސިޑެންޓުވި ލަމްބަގިނީ ކާރު ދުއްވި މީހާގެ ލައިސަންސް ހިފަހައްޓައިފި

މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ފަހު، ކާރުގެ ބައިތައް ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށާއި، އެ މައްސަލައާ ގުޅިގެން ރިފާއުގެ ލައިސެންސް ހިފަހައްޓައިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އެކްސިޑެންޓްވި ކާރު -- ފޮޓޯ: އެކްސް

ސިނަމާލެ ބްރިޖް ހައިވޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ކޮންޓްރޯލުން ނައްޓާލައި، އެކްސިޑެންޓްވި ލަމްބަގިނީ ކާރު ދުއްވަން އިން ހަސަން ރިފާއުގެ ޑްރައިވިން ލައިސަންސް ހިފަހައްޓައިފި އެވެ.

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ އެ ކާރު ކޮންޓްރޯލުން ނެއްޓި، ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި ނުރައްކާތެރިކޮށް އެކްސިޑެންޓްވެފައި ވަނީ އިއްޔެ ހެނދުނު އެވެ.

ކާރު ފުރުޅާލައި، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު، ސޯލާ ޕެނެލްތަކަށް ވެސް ވަނީ ގެއްލުންވެފަ އެވެ. ކާރު އެކްސިޑެންޓްވިއިރު ތިބީ ރިފާއު އާއި ކުޑަކުއްޖެކެވެ.

ފުލުހުން ބުނީ އެ ދެ މީހުންނަށް ވެސް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވެ އެވެ.

މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ފަހު، ކާރުގެ ބައިތައް ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށާއި، އެ މައްސަލައާ ގުޅިގެން ރިފާއުގެ ލައިސެންސް ހިފަހައްޓައިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.


ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.