އެ ދެ ގެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ 265.01 ގުރާމުގެ ތަކެތި ވަނީ ފެނިފަ އެވެ.

ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި، ވޮލީ ކުޅުންތެރިޔާ އަހުމަދު ފާޒިލް ހައްޔަރުކޮށްފި އެވެ.
ފަޒީލް 31، ހައްޔަރުކޮށްފައި ވަނީ ފުލުހުން ވ. އަތޮޅުގައި ހިންގި އޮޕަރޭޝަންގައި މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ.
މި އޮޕަރޭޝަންގައި، އޭނާގެ އުފަން ރަށް، ކެޔޮދޫގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ދެ ގެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ 265.01 ގުރާމުގެ ތަކެތި ވަނީ ފެނިފަ އެވެ.
މި މައްސަލައާ ގުޅިގެން ފަޒީލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ފަޒީލް އަކީ ރާއްޖޭގެ ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިއެކެވެ. އޭނާ ވަނީ މިދިޔަ މަހު މާރާމާރީއެއްގެ މައްސަލައިގައިވެސް ހައްޔަރު ކޮށްފަ އެވެ.