ބެޑް ކެޕޭސިޓީއަށް %6 ގެ އިތުރުވުމެއް، އެނދު ގިނަވީ ގެސްޓްހައުސްތަކުގަ

މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހު ގެސްޓްހައުސްތަކުގައި އެވަރެޖްކޮށް 14,218 އެނދު އޮޕަރޭޝަނުގައި ހުރިއިރު، މިއަހަރު އެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެ 16,493 އަށް އަރާފަ އެވެ.

ގެސްޓްހައުސްއެއް : ބެޑް ކެޕޭސިޓީ ވަނީ އިތުރުވެފަ

މިއަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީ (ޚިދުމަތްދެމުންދާ އެނދު) ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު %6.5 އިތުރު ވެއްޖެ އެވެ. 

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން (މޮޓްކާ) ގެ ހިސާބުތައް ދައްކާގޮތުގައި 2025 ވަނަ އަހަރުގެ ޖެނުއަރީން ޖުލައި މަހުގެ ނިޔަލަށް އެވަރެޖްކޮށް އޮޕަރޭޝަނުގައި ހުރީ 63,501 އެނދެވެ. ނަމަވެސް 2026 ވަނަ އަހަރުގެ މި މުއްދަތުގައި މި އަދަދު ވަނީ 67,617 އަށް އިތުރުވެފައެވެ. އަދި މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެކަނި ބަލާއިރު، އޮޕަރޭޝަނުގައި ހުރި އެނދުގެ ޖުމްލަ އަދަދަކީ 68,294 އެވެ. 

ބެޑް ފެސިލިޓީތަކަށް ބަލާއިރު ހުރިހާ ދާއިރާއަކުން ވެސް ވަނީ އެނދުގެ އަދަދު އިތުރުވެފަ އެވެ. އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ ލޯކަލް ޓޫރިޒަމް ނުވަތަ ގެސްޓްހައުސްތަކަށެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހު ގެސްޓްހައުސްތަކުގައި އެވަރެޖްކޮށް 14,218 އެނދު އޮޕަރޭޝަނުގައި ހުރިއިރު، މިއަހަރު އެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެ 16,493 އަށް އަރާފަ އެވެ. 

މީގެ އިތުރުން، ރިސޯޓުތަކުގެ ބެޑް ކެޕޭސިޓީއަށް ވެސް ވަނީ ކުރިއެރުންތަކެއް އައިސްފައެވެ. 2025 ގައި އެވަރެޖްކޮށް 43,938 ރިސޯޓު އެނދު އޮޕަރޭޝަނުގައި ހުރިއިރު، މިއަހަރު އެ އަދަދު ވަނީ 45,001 އަށް އިތުރުވެފައެވެ. ހޮޓާތަކުގެ ކެޕޭސިޓީ 2,193 އިން 2,630 އަށް އިތުރުވެފައިވާއިރު، ޓޫރިސްޓް އުޅަނދުފަހަރު ނުވަތަ ސަފާރީތަކުގެ ކެޕޭސިޓީ ވެސް ވަނީ 3,151 އިން 3,493 އަށް އިތުރުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.