އެކްސްޗޭންޖްތަކުން މިހާރު ޑޮލަރު މާރު ކުރަނީ 15.42ރ. އަށް

ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ވިޔަފާރިތައް އެންމެ ގިނައިން ހިންގާ ޗާންދަނީ މަގުގެ ހުރިހާ ތަނަކުން ވެސް މިހާރު ބޭރު ފައިސާ މާރުކޮށް ދިނުމުގެ ހިދުުމަތް ދެނީ 15.42ރ. ގެ ރޭޓުންނެވެ.

މަނީ އެކްސްޗޭންޖު ކުރާ ތަނެއްގެ ކައިރިން ބަޔަކު ހިނގާފައިވަނީ : ނަތީޖާ ފެންނަން އަހަރެއް ނަގާނެ -- މިރާ

ބޭރު ފައިސާގެ ގަވައިދަށް ގެނައި ބަދަލާއެކު، ބޭރު ފައިސާ މާރު ކުރުމުގެ ހުއްދަ ދީފައިވާ ތަންތަނުން ޑޮލަރު މާރު ކުރާ އަދަދު 15.42 އަށް ދަށްކޮށްފި އެވެ. 

ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ވިޔަފާރިތައް އެންމެ ގިނައިން ހިންގާ ޗާންދަނީ މަގުގެ ހުރިހާ ތަނަކުން ވެސް މިހާރު ބޭރު ފައިސާ މާރުކޮށް ދިނުމުގެ ހިދުުމަތް ދެނީ 15.42ރ. ގެ ރޭޓުންނެވެ. ގިނަ ތަންތަނުން ބުނެފައިވަނީ ވިއްކާނެ ޑޮލަރެއް ނެތް ކަމަށެވެ.

 މި ބަދަލު ގެނެސްފައިވަނީ ބޭރު ފައިސާ މާރު ކުރުމުގެ ގަވައިދަށް ސަރުކާރުން ގެނައި އިސްލާހާއެކުގަ އެވެ. މި އިސްލާހާއެކު މަރުކަޒީ ބޭންކް އިން ވަނީ ބޭރު ފައިސާގެ ގާނޫނާއި ގަވައިދުތަކާ ހިލާފަށް މި ހިދުމަތް ދިން ކުންފުންޏެއްގެ ލައިސަންސް ވެސް ބާތިލްކޮށްފަ އެވެ. 

މި އިސްލާހުގައިވާ ގޮތުން މަރުކަޒީ ބޭންކުން ކަނޑައަަޅާ ރޭޓަށް ވުރެ އަގުބޮޑުކޮށް ބޭރުފައިސާ ވިއްކަން އިޝްތިހާރުކުރުމާއި އެކަމަށް ހިތްވަރުދޭ ލިޔުންތައް ޝާއިއު ކުރުމަކީވެސް ގާނޫނީ ކުށަކެވެ. 

ގެންނަން ހުށަހަޅާފައިވާ ބަދަލުތައް

މަނާ ކަންތައްތައް - ކަޅު ބާޒާރުގައި ޑޮލަރު ގަނެވިއްކުމާއި، ކޮމިޝަން ނަގައިގެން ބޭރު ފައިސާގެ މުއާމަލާތް ކުރުމަކީ ގާނޫނީ ގޮތުން މިހާރުވެސް މަނާ ކަންކަމެވެ.

އިޝްތިހާރުކުރުން ކުށަކަށްވުން -
އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށްވުރެ ބޮޑު އަގެއްގައި ޑޮލަރު ގަނެވިއްކާކަން އެއްވެސް ވަސީލަތެއް މެދުވެރިކޮށް (ޑިޖިޓަލްކޮށް ނުވަތަ އެހެން ގޮތަކުން ވިޔަސް) އިޝްތިހާރުކުރުމާއި، އެކަމަށް ހިތްވަރު ދިނުމަކީ ކުށެކެވެ.

ޖޫރިމަނާ އާއި އަދަބު - މިފަދަ ކުށެއް ކޮށްފިނަމަ، އެއީ އާންމު ފަރުދެއް ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ނަމަވެސް، 100,000 (އެއްލައްކަ) ރުފިޔާއާއި 5,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް ބިލުގައި ވަނީ ހިމަނާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.