އެސްޓީއޯއިން މަކިޓާއަށް ހާއްސަ ޕްރޮމޯޝަނެއް

މި ޕްރޮމޯޝަން ކުރިއަށްދާނީ މަކީޓާ ޝޯރޫމް މާލެ އަދި ހުޅުމާލޭ ކޮންސްޓްރަކްޝަން ޝޯރޫމްގެ އިތުރުން ރީޖަނަލް ފިހާރަތަކުގަ އެވެ.

އެސްޓީއޯ މަކިޓާ ފިހާރަ -- އެސްޓީއޯ

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިޔުޝަންއިން މަކީޓާގެ އުފެއްދުންތަކަށް ހާއްސަކޮށްގެން ސަޅިއޭ މަކީޓާ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ގުރުއަތުން އެއްވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް ބައިލައްކަ ރުފިޔާ ލިބިގެންދާނެއެވެ. ޕްރޮމޯޝަންގައި 1000 ރުފިޔާއިން މަތިން ވިޔަފާރިކުރާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބިގެންދާނެއެވެ. 

މީގެ އިތުރުން ކޮންމެ ހަފްތާއަކު އެންމެ ގިނައިން ވިޔަފާރި ކުރައްވާ ކަސްޓަމަރުންނަށް ހާއްސަ އިނާމްތަކެއް ލިބިގެންދާނެ އެވެ. އަދި މީގެ އިތުރުން ހޮވާލެވިފައިވާ ބައެއް ޕްރޮޑަކްޓްތަކުން ޑިސްކައުންޓްވެސް ލިބިގެންދާނެއެވެ. ޑިސްކައުންޓް ލިބިގެންދާނީ 8 ޕަރސަންޓް އިން ފެށިގެން 50 ޕަރަސަންޓްއާއި ދޭތެރޭގައެވެ. މި ޕޮރޮމޯޝަންގެ ގުރުއަތުލުން އޮންނާނީ ޕްރޮމޯޝަން ނިމޭތާ ހަފްތާއެއްގެ ތެރޭގައެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މަކީޓާ ޝޯރޫމް މާލެ އަދި ހުޅުމާލޭ ކޮންސްޓްރަކްޝަން ޝޯރޫމްގެ އިތުރުން ރީޖަނަލް ފިހާރަތަކުގަ އެވެ. މިއީ ކޮންމެ އަހަރަކުވެސް އެސްޓީއޯ ކޮންސްޓަރަކްޝަން ސޮލިޔުޝަންގެ ފަރާތުން ކަސްޓަމަރުންނަށް މަކީޓަގެ އުފެއްދުންތައް 

އަގުހެޔެކޮށް ފޯރުކޮށްދިނުމަށާއި ކަސްޓަމަރުންނާ އޮންނަ ގުޅުން ރަނގަޅު ކުރުމަށްޓަކައި ބާއްވަމުންއަންނަ ޕްރޮމޯޝަނެކެވެ. އެސްޓީއޯއިން މަކީޓާގެ އުފެއްދުންތައް ބާޒާރަށް ނެރޭތާ މިހާރުމިވަނީ 28 އަހަރުވެފައެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.