ރަޝިއާ ޓޫރިޒަމް ދަތުރުގައި ހަމަހަމަ ފުރުސަތު ނުދިނުމުން އާޓާގެ ކަންބޮޑުވުން

އޭޓީއޭ އިން ބުނީ އެ ފަރާތްތަކުގެ ކަންބޮޑުވުމަކީ ދަތުރުގައި ބައިވެރިވަނީ ކޮން ބައެއް ތޯ އޮތް ބެލުމެއް ނޫނެވެ. އޭގެ ބަދަލުގައި އެ ފަރާތްތަކުން ސަރުކާރުން ތަމްސީލުކުރާ މިފަދަ ދަތުރުތަކުގައި ބައިވެރިވުމުގެ ފުރުސަތު އެންމެންނަށް ދިނުމެވެ.

ރަޝިއާ ދަތުރުގައި ބައިވެރިވި ސަރުކާރުގެ ވަފުދު -- ޓޫރިޒަމް

ދިވެހި ސަރުކާރުގެ ޓޫރިޒަމް ވަޒީރަކު ހިމެނޭހެން މިފަހުން ރަޝިއަށް ބޭއްވި ޓޫރިޒަމް ދަތުރުގައި ހާމަކަން ބޮޑު ގޮތެއްގައި ހަމަހަމަ ފުރުސަތުތަކެއް ނުދިން ކަމަށް ބުނެ، އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އާޓާ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން އަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ރަޝިޔާ މާކެޓަށް ގިނަ އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ދުވަސްވީ ކުންފުނިތަކަށް މި ދަތުރުގެ މައުލޫމާތު ދީފައި ނުވާ ކަމަށް ބުނެފައިވެ އެވެ. މީގެ ތެރޭގައި ކެޕިޓަލް ޓްރެވަލް، ލެޓްސް ގޯ މޯލްޑިވްސް، ޓްރެވަލް ކަނެކްޝަން، މޫދު ހޮލިޑޭސް އަދި މޯލްޑިވްސް ކަލެކްޝަން ފަދަ ކުންފުނިތައް ހިމެނޭކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

އާޓާ އިން ބުނެފައިވާ ގޮތުގައި އެ ފަރާތްތަކުގެ ކަންބޮޑުވުމަކީ ދަތުރުގައި ބައިވެރިވަނީ ކޮން ބައެއް ތޯ އޮތް ބެލުމެއް ނޫނެވެ. އޭގެ ބަދަލުގައި އެ ފަރާތްތަކުން އެދެނީ ސަރުކާރުން ތަމްސީލުކުރާ މިފަދަ ދަތުރުތަކުގައި ބައިވެރިވުމުގެ ފުރުސަތު އެންމެންނަށް ވެސް ހަމަހަމަކަމާއެކު އެނގި، ބައިވެރިވުމުގެ ފުރުސަތު އޮތުމެވެ. 

އޭޓީއޭ އިން ހާއްސަ ގޮތްތަކެއް ހޯދަން ނޭދޭކަމަށާއި އެސޯސިއޭޝަންގެ އެދުމަކީ އެއްވެސް ފަރާތަކަށް މައުލޫމާތު ނުލިބުމުގެ ސަބަބުން މިފަދަ ފުރުސަތަކުން މަހުރޫމް ނުވުންކަމަށް ބުނެފައިވެ އެވެ.  

މ ސިޓީގައި އާޓާއިން ވަނީ ކުރިމަގުގައި ސަރުކާރުން ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކާއި ދަތުރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހާމަކަން ބޮޑު ގޮތެއްގައި އިންޑަސްޓްރީގެ އެސޯސިއޭޝަންތަކަށް ކުރިން އެންގުމަށާއި، ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެކަން ހުށަހެޅުމުގެ ފުރުސަތު ދިނުމަށް މިނިސްޓަރުގެ ކިބައިން އެދިފަ އެވެ. އަދި ޖާގަ ލިމިޓްކޮށްފައިވާނަމަ ވަކި އުސޫލެއްގެ މަތިން މީހުން ހޮވުމަކީ ސަރުކާރާއި އިންޑަސްޓްރީއާ ދެމެދު އޮންނަ އިތުބާރު ބޮޑުވެގެންދާނެ ކަމެއް ކަމަށްވެސް އެ ސިޓީގައި ބުނެފައިވެ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.