ޕެންޝަން އޮފީހުން މިއަދު ބުނީ އެ އޮފީހުގެ ސީއީއޯގެ މަގާމުގެ ފަސް އަހަރުގެ ދައުރުގެ މަސައްކަތް ޔަޒްމީދު ފައްޓަވާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށެވެ.

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްކަން ކުރެއްވި ޔަޒްމީދު މުހައްމަދު އައްޔަނު ކުރައްވައިފި އެވެ.
ޕެންޝަން އޮފީހުން މިއަދު ބުނީ އެ އޮފީހުގެ ސީއީއޯގެ މަގާމުގެ ފަސް އަހަރުގެ ދައުރުގެ މަސައްކަތް ޔަޒްމީދު ފައްޓަވާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށެވެ.
ޔަޒްމީދު ޖޭއެސްސީގައި އިންނެވީ ރައިސް އައްޔަނު ކުރެއްވި މެންބަރުގެ ހައިސިއްޔަތުންނެވެ. އޭނާ ޖޭއެސްސީން އިސްތިއުފާ ދެއްވިއިރު ހުންނެވީ ކޮމިޝަންގެ ނައިބް ރައީސްގެ މަގާމުގަ އެވެ.
އޭގެ ކުރިން އޭނާ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމާއި އޮޑިޓް އޮފީހުގެ މެނޭޖަރުކަން ވެސް ކުރައްވާފަ އެވެ.
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ޝުޖާތާ ހަލީމް މިިދިޔަ ފެބްރުއަރީ މަހު އިސްތިއުފާ ދެއްވުމުންނެވެ.