ގާޒީ އިހުސާން ސަސްޕެންޑްކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި

އެ ބަޔާނުގައި ބުނެފައި ވަނީ އިހުސާން ވަގުތީ ގޮތުން މަސައްކަތުން ދުރުކުރުމަށް ނިންމާފައި ވަނީ އޭނާގެ މައްޗަށް ރައްދުވާ ގޮތަށް އެ ކޮމިޝަނަށް ހުށަހެޅި، ތަހުގީގު ކުރަމުންދާ ޖިންސީ ފުރައްސާރައިގެ ތުހުމަތު ހިމެނޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ގާޒީ އަބްދުﷲ އިހުސާން

ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހުސާން، ވަގުތީ ގޮތުން މަގާމުން ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ޖޭއެސްސީން އިއްޔެ ވަނީ 60 ދުވަހުގެ މުއްދަތަކަށް މަގާމުގެ މަސައްކަތުން ގާޒީ އިހުސާން ދުރުކުރުމަށް ނިންމައިފަ އެވެ. އެކަމާ ގުޅޭ ގޮތުން މީޑިއާގައި އެކި ވާހަކަތައް ފެތުރެން ފެށުމުން، އެ ކޮމިޝަނުން ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އިހުސާން ވަގުތީ ގޮތުން މަސައްކަތުން ދުރުކުރުމަށް ނިންމާފައި ވަނީ އޭނާގެ މައްޗަށް ރައްދުވާ ގޮތަށް އެ ކޮމިޝަނަށް ހުށަހެޅި، ތަހުގީގު ކުރަމުންދާ ޖިންސީ ފުރައްސާރައިގެ ތުހުމަތު ހިމެނޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އަދި އެ ކޮމިޝަނުގެ ތަހުގީގީ އިޖުރާއަތުގެ ތެރެއިން ކަށަވަރުކުރަން ޖެހޭ އެންމެހައި ކަންކަން ކަށަވަރުކުރުމާއެކު އިހުސާންގެ ބަޔާން ނަގައި އަދި ތަހުގީގަށް ބޭނުންވާ އިތުރު ފަރާތްތަކެއްގެ ބަސް ވެސް ހޯދާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ތަހުގީގު ހިންގާއިރު،، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގެ ބާވަތަށާއި، މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މަޢުލޫމާތުގެ އަލީގައި، އިޙްސާން، މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅިދާނެކަމަށް ފެންނަ ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.

އެހެންކަމުން އިހުސާން ސަސްޕެންޑް ކުރީ ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.