މައްކާގެ ގުރުއާން މުބާރާތަކުން ދިވެހި ކުއްޖަކަށް ރަންވަނަ | އިނާމަށް 45،000 ޑޮލަރު

ދުނިޔޭގެ ގިނަ ގައުމުތަކުން ވާދަކުރި މި މުބާރާތުން ވަނަ ލިބިފައިވަނީ މއ. އަސާސް، އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު އަށެވެ.

ފާޠިމަތު ޝާޔާ ޒާހިރު އަދި އިސްލާމިކް މިނިސްޓަރު ޝަހީމު އާއި އެ މިނިސްޓްރީގެ ވެރިން އަދި ޝާޔާގެ އާއިލާ ފޮޓޯއަކަށް ހުއްޓިގެން

ސައުދީ އަރަބިއްޔާގެ މައްކާގައި ކުރިއަށްދިޔަ ދުނިޔޭގެ އެންމެ ބޮޑު ޤުރުއާން މުބާރާތުގައި ހިތުން ކިޔެވުމުގެ ގޮފިން ބައިވެރިވި ދިވެހި ދަރިވަރު މުޅި މުބާރާތުން ހަތަރު ވަނަ ހޯދައިފި އެވެ.


ދުނިޔޭގެ ގިނަ ގައުމުތަކުން ވާދަކުރި މި މުބާރާތުގައި މއ. އަސާސް، އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު ފަޚުރުވެރި ވަނަ ހޯދުމާ ގުޅިގެން އޭނާއަށް ވަނީ 170،000 ރިޔާލް ނުވަތަ ޑޮލަރުން ބަލާނަމަ 45،000 ޑޮލަރު އަދި މާކެޓު އަގުން ބަލާނަމަ ރާއްޖޭގެ 900،000ރ. ލިބިފަ އެވެ. 

މި ފަހުރުވެރި އިނާމު ހޯދުމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ޝައީދު ވިދާޅުވެފައިވާ ގޮތުގައި މިއީ މުޅި ދިވެހި އުއްމަތަށް ލިބިގެންދިޔަ ނުހަނު ބޮޑު އުފަލެކެވެ. 

މިއަހަރު ބޭއްވުނީ ފާއިތުވި ސާޅީސް ހަ އަހަރު ދުވަހުގެ ތެރޭގައި ސައުދީ ސަރުކާރުން މެދުނުކެނޑި ބާއްވަމުން އަންނަ މި މުބާރާތުގެ 46ވަނަ ފިޔަވައްސެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 133 ޤައުމަކުން ބައިވެރިން ވާދަކުރި މިފަހަރުގެ މުބާރާތަކީ، އަންހެން ދަރިވަރުންނަށް ޚާއްޞަ ގޮތްޕެއް ހިމަނައިގެން ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެއެވެ.

މި މުބާރާތުގެ ނަތީޖާ އިއުލާނުކުރުމަށްޓަކައި މާތްވެގެންވާ މަސްޖިދުލްޙަރާމްގައި ރޭ ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މައްކާގެ އަމީރުގެ ނައިބު ޕްރިންސް ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދުލްޢަޒީޒް ޝަރަފުވެރިކޮށްދެއްވި މި ޖަލްސާގައި ސައުދީގެ އިސްލާމިކް މިނިސްޓަރާއި ޙަރަމްފުޅުގެ އިމާމު ޝައިޚު ޑރ. ޢަބްދުއްރަޙްމާނުއް ސުދައިސްގެ އިތުރުން ޚާއްޞަ މެހެމާނެއްގެ ގޮތުގައި ރާއްޖޭގެ ވަޒީރު ޑރ. ޝަހީމް ވެސް ބައިވެރިވެވަޑައިގަތެވެ. އަދި ރަސްމިއްޔާތުގެ ތެރެއިން ސައުދީ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުއްލަޠީފް އާލުއްޝައިޚު ވަނީ ޝާޔާ އާއި އޭނާގެ އާއިލާއާ ބައްދަލުކުރައްވައި ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.