ކޮންސިއުމާ ޕްރޮޓެކްޝަން ގަވާއިދާއި ޑިއުޑިލިޖެންސް ގަވާއިދު ހިޔާލަށް

މި ދެ ގަވައިދަކީވެސް ޒަމާނީ މާލީ ދާއިރާއެއް ތަރައްގީ ކުރަން ކުރާ މަަސައްކަތުގައި މުހިންމު ދެ ގަވައިދެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ

ފައިނޭންޝަލް ކޮންސިއުމާ ޕްރޮޓެކްޝަން ރެގިއުލޭޝަނާއި ސިމްޕްލިފައިޑް އަދި އިލެކްޓްރޯނިކް ކަސްޓަމާ ޑިއު ޑެލިޖަންސް ރެގިއުލޭޝަނަށް އާންމުންގެ ޚިޔާލު ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުޅުވާލައިފި އެވެ.

ފައިނޭންޝަލް ކޮންސިއުމާ ޕްރޮޓެކްޝަންގެ ރެގިއުލޭޝަނަކީ މާލީ ޚިދުމަތްތައް ހޯދާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށް އެ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި އެކުލަވާލައިފައިވާ ގަވާއިދެކެވެ. އަދި ކަސްޓަމާ ޑިއު ޑެލިޖަންސްގެ ގަވާއިދަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކަސްޓަމަރުންގެ ވަނަވަރު ދެނެގަތުމާއި އެ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމުގައި ޢަމަލުކުރަންޖެހޭ މިންގަނޑުތަކާއި ޝަރުތުތައް ބަޔާންކުރުމަށް އެކުލަވާލާފައިވާ ޤަވާއިދެކެވެ.

މާލީ އިދާރާތަކާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުގެ، ޚިޔާލާއި މަޝްވަރާއެކު އެކުލަވާލައިފައިވާ މި ގަވާއިދުތަކަށް އާންމުންނަށް މިމަހުގެ 26 ވަނަ ބުދަ ދުވަހުގެ 15:00 އާ ހަމައަށް ޚިޔާލު ހުށަހެޅޭނެއެވެ. ޚިޔާލު ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް fcu@mma.gov.mv އަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.