ބަޖެޓު ފޫބައްދަން ނެގި އެތެރެއިން ނެގި ދަރަނި 99 ބިލިއަނަށް

މީގެ ތެރޭގައި އެންމެ ގިނައީ ޓީބިލް އެވެ. ދިވެހި ރުފިޔާއިން ވިއްކާފައިވާ ޓްރެޝަރީ ބިލް (ޓީ-ބިލް)ގެ އަދަދު އުޅެނީ 41,3 ބިލިއަން ރުފިޔާގަ އެވެ./

ފިނޭންސް މިނިސްޓަރު ޒަމީރު މަޖިލީހަށް މައުލޫމާތު ދެއްވަނީ

ބަޖެޓު ފޫބައްދަން ސަރުކާރުން ނެގި ސެކިއުރިޓީޒް ނުވަތަ ދަރަނީގެ ޖުމްލަ 99 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ. 

ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ދައުލަތުގެ ސެކިއުރިޓީޒްގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އެތެރޭގެ ބާޒާރުގައި ވިއްކާފައިވާ އިންސްޓްރޫމަންޓްތަކެވެ. އެގޮތުން ޑޮމެސްޓިކް އިންސްޓްރޫމަންޓްތަކުގެ އަދަދު 97,4 ބިލިއަން ރުފިޔާގައި އުޅޭއިރު، ބޭރުގެ ފަރާތްތަކަށް ވިއްކާފައިވާ އެކްސްޓާނަލް އިންސްޓްރޫމަންޓްތަކުގެ (ސުކޫކް) ޖުމްލައަކީ 1,542 ބިލިއަން ރުފިޔާ އެވެ.

އެތެރޭގެ ދަރަނީގެ ބައިތައް

  • ދިވެހި ރުފިޔާއިން ވިއްކާފައިވާ ޓްރެޝަރީ ބިލް (ޓީ-ބިލް) - 41,3 ބިލިއަން ރުފިޔާ
  • ދިވެހި ރުފިޔާއިން ވިއްކާފައިވާ ޓްރެޝަރީ ބޮންޑު - 33,6 ބިލިއަން ރުފިޔާ
  • ޑޮލަރު ޓްރެޝަރީ ބޮންޑު - 13 ބިލިއަން ރުފިޔާ
  • އިސްލާމިކް އިންސްޓްރޫމަންޓްސް (ރުފިޔާ) - 5,9 ބިލިއަން ރުފިޔާ ޑޮލަރު އަދި އާރުޑީސީ ޓީ-ބިލް - 3,4 މިލިއަން ރުފިޔާ

މުއްދަތަށް ބަލާއިރު، މި ސެކިއުރިޓީތައް އެންމެ ގިނައިން ވިއްކާފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެގޮތުން 1 އަހަރު ދުވަހުގެ ތެރޭގައި ފައިސާ ދައްކާގޮތަށް 38,9 ބިލިއަން ރުފިޔާގެ ސެކިއުރިޓީޒް ވިއްކާފައިވާއިރު، ދެން އެންމެ ގިނައީ 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ވިއްކާފައިވާ 21,3 ބިލިއަން ރުފިޔާގެ އިންސްޓްރޫމަންޓްތަކެވެ. މި ސެކިއުރިޓީޒްތަކުގެ ބޮޑުބައެއް ގަނެފައިވަނީ ކޮމާޝަލް ބޭންކުތަކުންނާއި، މަރުކަޒީ ބޭންކު (އެމްއެމްއޭ) އަދި އެހެނިހެން މާލީ އިދާރާތަކުންނެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.