ގޭގެއަށް ގޮސް ބޭއްވި މި ބައްދަލުވުންތަކުގައި އެ ކައުންސިލްގެ ރައީސް އަލީ ޝައްމޫން އާއި ކައުންސިލްގެ މެންބަރުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކޮށް ހާލު ބަލާފަ އެވެ.

މާފުށި ކައުންސިލާއި ހެލްތު ރިކްރިއޭޝަން ކްލަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ބައްދަލުކޮށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ދެނެގަންނަން ބައްދަލުވުމެއް ބާއްވައިފި އެވެ.
މާފުށި ކައުންސިލުން ބުނި ގޮތުގައި އެ ކައުންސިލް، އ.ތ.މ ކޮމެޓީ އަދި މާފުށީ ހެލްތު ރިކުރިއޭޝަން ކްލަބްއާއި ގުޅިގެން ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުރި ޒިޔާރަތުގައި އެފަރާތްތަކާއި ބައްދަލުކޮށް ވާހަކަ ދެކެވި، އެބޭފުޅުންގެ ހާލުބަލާފަ އެވެ.
ގޭގެއަށް ގޮސް ބޭއްވި މި ބައްދަލުވުންތަކުގައި އެ ކައުންސިލްގެ ރައީސް އަލީ ޝައްމޫން އާއި ކައުންސިލްގެ މެންބަރުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކޮށް ހާލު ބަލާފަ އެވެ.
އެ ކައުންސިލުން ބުނީ މި ބައްދަވުމުގެ މަގުސަދަކީ ކުރިއަށް އޮތްތަނުގައި އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް އެބޭފުޅުން ބޭނުންވާ ކަންކަން ދެނެގަތުމެވެ.
"މި ގޮތުން މި ޒިޔާރަތަކީ ކޮންމެ އަހަރަކުވެސް ތިން ކުއާޓާއަކަށް ތާވަލު ކުރެވިގެން ކުރިއަށް ގެންދާ ކަމެއް. އެހެންކަމުން، މިއީ މިއަހަރު ކުރެވުން ދެވަނަ ޒިޔާރަތް،" މާފުށި ކައުންސިލުން ބުނެފައިވެ އެވެ.
މާފުށި ކައުންސިލުން ބުނީ މުޖުތަމަޢުގެ ކޮންމެ ފަރުދަކީވެސް މުހިންމު ބައެއް. އެކަކު އަނެކަކަށް އެހީތެރިވެ، އޯގާތެރި މުޖުތަމަޢެއް ބިނާ ކުރުން މުހިންމު ކަމަށެވެ.