މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.3 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 1.4 މިލިއަން ޓޫރިސްޓުންނާ އަޅާބަލާއިރު %3 ދަށް ނުވަތަ 56,229 ޓޫރިސްޓުން މަދުވުމެކެވެ.

ހަނގުރާމައަށްފަހު ޓޫރިސްޓުން އަންނަ އަދަދު އިތުރުވަމުން ދިޔަނަމަވެސް މިދިޔަ އަހަރަށްވުރެ މިދިޔަ އަހަރަށްވުރެ % 3.9 ދަށް ކަމަށް ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.3 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 1.4 މިލިއަން ޓޫރިސްޓުންނާ އަޅާބަލާއިރު ތިން ޕަސެންޓުގެ ދަށްވުމެކެވެ. އަދި މަދުވާ ޓޫރިސްަޓުންގެ އަދަދުން ބަލާނަމަ 56,229 ޓޫރިސްޓުން މަދުވުމެކެވެ.
މި އަދަދު އިތުރުވެގެންދާ މައިގަނޑު ސަބަބަބަކީ މުޅި އަހަރަށްބަލާނަމަ ޓޫރިޒަމް ޑެއިލީ އެރައިވަލްސް ދަށްވުމެވެ. މި އަހަރުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލަކު އަންނަ ކަމަށް ދައްކަނީ 5,994 ޓޫރިސްޓުންނެވެ. ނަމަވެސް މިދިޔަ އަަހަރުގެ ޑެއިލި އެރައިވަލްސް ހުރީ 6,240 ގަ އެވެ.
މުޅި އަހަރަށް ބަލާއިރު ޓޫރިސްޓުންގެ އަދަދު ދަށް ކަމަށް ބެލެވުނަސް މި މަސް ވަކިން ބަލާނަމަ މި އަދަދު ވަނީ އިތުރުވެފަ އެވެ. މި މަހުގެ މިހާތަނަށް ރާއްޖެއަށް 118,051 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރު އައި 114,509 ޓޫރިސްޓުންނާ އަޅާބަލާއިރު 3.1 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި 3,542 ޓޫރިސްޓުންގެ އިތުރުވުމެކެވެ.
މި ހިސާބުތަކުން އެނގޭ ގޮތުގައި މިހާރު ރާއްޖޭގެ ޓޫރިޒަމްގެ %18.5 ހިއްސާ ކުރަނީ ޗައިނާ އެވެ. އަދި ރަޝިއާ މާކެޓު މި އަހަރު % 14.7% ހިއްސާކުރާއިރު، މިދިޔަ އަހަރު ވެސް މި މާކެޓު އޮތީ 2 ވަނައިގަ އެވެ.
މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. ސަރުކާރުން ވަނީ މި އަހަރުވެސް އެ އަދަދަށް އަންނާނެ ކަމަށް އަންދާޒާކޮށްފަ އެވެ.