ސީއައިއެފްގައި އޮފިޝަލް އިންޝުއަރެންސް ޕާޓްނަރެއްގެ ގޮތުގައި އެލައިޑުން ބައިވެރިވެއްޖެ

މި ފޯރަމްގައި އެލައިޑުން ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ އިތުރަށް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި ދާއިރާގެ އެކި ފަރާތްތަކާއެކު އޮންނަ ގުޅުން ބަދަހި ކުރުމެވެ.

އެލައިޑުން ބައިވެރިވި ޓީމް ފޮޓޯއަކަށް ހުއްޓިގެން

ކޮންސްޓްރަކްޝަން ސިނާއަތުގެ މައްސަލަތަކާމެދު ބޭއްވި ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް (ސީއައިއެފް) 2026 ގައި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް އިން ބައިވެރިވެއްޖެއެވެ. 

މި ފޯރަމްގައި ކޮންސްޓްރަކްޝަން ދާއިރާގެ އިސް ފަރާތްތަކުން ވަނީ ދާއިރާގެ ކުރިއެރުންތަކާއި، ގޮންޖެހުންތަކުގެ އިތުރުން ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.

މި ފޯރަމްގައި އެލައިޑުގެ ފަރާތުން ޕެނަލް ސްޕީކަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖަރު އޮފް ކަސްޓަމާ ސަރވިސް ޙުސައިން ޞަވާދު އެވެ. 

އޭނާ ބައިވެރިވެވަޑައިގަތީ ދުނިޔޭގެ ހަމަނުޖެހުންތަކުގެ ތެރޭގައި ސަޕްލައި ޗެއިންތައް އަލުން ފަރުމާކުރުމާ "ރީ-އެންޖިނިއަރިން ސަޕްލައި ޗެއިންސް އިން އެން އޭޖް އޮފް ގްލޯބަލް ކޮންފްލިކްޓް ގުޅޭގޮތުން ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގަ އެވެ. 

މި ސެޝަންގައި ދުނިޔެ އަށް އަންނަމުންދާ ބަދަލުތަކާއެކު ސަޕްލައި ޗެއިންތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި މާކެޓަށް އަންނަ ބަދަލުތަކަށް ހޭނުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަނީ ވާހަކަދައްކަވާފަ އެވެ.  

މީގެ އިތުރުން، އެލައިޑުގެ އެސިސްޓެންޓް މެނޭޖަރު އޮފް ސޭލްސް، މަރްޔަމް އަސްނާ ވަނީ ފޯރަމްގައި ސްޕީކަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ޕްރެޒެންޓޭޝަނެއް ހުށަހަޅައިދެއްވާފަ އެވެ. 

"ސޭފްގާޑް ޔުއަރ ކޮންސްޓްރަކްޝަން ޕްރޮޖެކްޓްސް" ގެ ނަމުގައި ހުށަހެޅި މި ޕްރެޒެންޓޭޝަންގައި، ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތައް ކުރިއަށްދާއިރު ދިމާވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް ރަނގަޅު ރިސްކް މެނޭޖްމަންޓް އަދި އެކަށީގެންވާ އިންޝުއަރެންސް ސޮލިއުޝަންތަކުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފަ އެވެ.  

މި ފޯރަމްގައި އެލައިޑުން ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ އިތުރަށް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި ދާއިރާގެ އެކި ފަރާތްތަކާއެކު އޮންނަ ގުޅުން ބަދަހިކޮށް، މުހިންމު މަޝްވަރާތަކުގައި ބައިވެރިވުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.