ރައީސް އޮފީހުން ބުނީ ދަތުރުފަތުރުގެ ދާއިރާއިން، އައިލެންޑް އޭވިއޭޝަން ސަވިސަސް ލިމިޓެޑް (އައި.އޭ.އެސް) އިން ވައިގެ ދަތުރުފަތުރުގެ ޓިކެޓަށް ފަތުރުވެރިން އަތުން ނަގާ ފެއަރ މުރާޖަޢާކޮށް މި ފެއަރ ކުޑަކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ.

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ދަތުރުކުރާ ޓޫރިސްޓުންގެ އަތުން ނަގާ ޓިކެޓުގެ އަގު މުރާޖައާ ކުރަން ކެބިނެޓުން ނިންމައިފި އެވެ.
މިދިޔަ އާދީއްތަ ދުވަހު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި ނިންމި ނިންމުންތަކުގެ މައްޗަށް ރައީސް އޮފީހުން ބުނީ ދަތުރުފަތުރުގެ ދާއިރާއިން، އައިލެންޑް އޭވިއޭޝަން ސަވިސަސް ލިމިޓެޑް (އައި.އޭ.އެސް) އިން ވައިގެ ދަތުރުފަތުރުގެ ޓިކެޓަށް ފަތުރުވެރިން އަތުން ނަގާ ފެއަރ މުރާޖަޢާކޮށް މި ފެއަރ ކުޑަކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ.
ނަމަވެސް ޓިކެޓުގެ އަގަށް ގެންނަ ބަދަލާމެދު އަދި އިތުރު ތަފުސީލު ހާމަކޮށްފައެއް ނުވެ އެވެ.
ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި އައިލެންޑް އޭވިއޭޝަނުން ވިއްކާ ޓިކެޓުގެ އަގު އާއްމުންނަށްވުރެ ޓޫރިސްޓުންނަށް ބޮޑެވެ. އަދި މިއީ މާލެއާ ދުރުގައި ޓޫރިޒަމް ފައްކާވުމަށް އޮތް އެއް ހުރަހެ އެވެ.