މަޖިލީހުގެ ދެވަނަ ދައުރު އަނެއްކާވެސް ދިގު ދަންމައިފި

މަޖިލީހުން ފާސް ކުރީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ދައުރު ދިގު ދަންމާލަން

މަޖިލީހުގެ ރިޔާސަތުގައި އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ދިގު ދަންމާލަން އަނެއްކާވެސް ނިންމައިފި އެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ނަމަ ދެވަނަ ދައުރުގެ ޖަލްސާ މި މަހު 15 އަށް ނިމޭނެ އެވެ. ނަމަވެސް މިދިޔަ ހަފްތާގައި ރިޔާސަތުން ވަނީ "މުހިންމު މަސައްކަތްތަކެއް" ހުރި ކަމަށް ވިދާޅުވެ މި ހަފްތާ ބުރާސްފަތި ދުވަހާ ހަމައަށް ދައުރު ދިގު ދަންމައިފަ އެވެ. 

ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާ ނިމުމުގެ ކުރިން ރިޔާސަތުން އަނެއްކާވެސް ވަނީ މަޖިލީހުގެ ދައުރު އަންނަ ހަފްތާ ބުރާސްފަތި ދުވަހާ ހަމައަށް ދިގު ދަންމާލަން ވޯޓަށް އަހައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ނެގި ވޯޓުގައި ތާއީދުކޮށް ވޯޓު ދެއްވީ 58 މެންބަރުންނެވެ. އަދި ދައުރު އިތުރަށް ދިގު ދަންމަން ދެކޮޅު ހެއްދެވީ ނުވަ މެންބަރެކެވެ.

މުހިންމު މަސައްކަތްތަކެއް ހުރި ކަމަށް ރިޔާސަތުން އިއުލާން ކުރި ނަމަވެސް އެއީ ކޮން ބިލްތަކެއްގެ ވާހަކައެއް ކަމެއް ވިދާޅެއް ނުވެ އެވެ. 

ކޮމިޓީތަކުގައި މިވަގުތު އެންމެ ބޮޑު ސަމާލު ކަމެއް އޮތީ ރަށްރަށުގެ ބިންތައް ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލްތަކުގެ އިހްތިސާސުން އަތުލެވޭ ގޮތަށް އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން ހުށަހެޅި ބިލުގެ މަސައްކަތެވެ. 

ނަމަވެސް ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ އެ ބިލު ބަލައިގަންނަން ނިންމައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.