ޑެސްޓިނޭޝަން ޕްރިންސިޕަލްގެ ސަބަބުން ދިވެހިންނާއި ބޭރުގެ އޮޕަރޭޓަރުން ހަމަހަމަ ކޮށްދޭނެ

ސާއިދު ވިދާޅުވި ގޮތުގައި ޑެސްޓިނޭޝަން ޕްރިންސިޕަލް އުސޫލު ތައާރަފު ކުރަން މަސައްކަތް ކުރަނީ ޓޫރިޒަމް ސިނާއަތަށް ކަމަށާ މި އުސޫލު ތައާރަފު ކުރަން އައިއެމްއެފްއާއެކު 2019 އަދި 2022 ގައި ވެސް ވަނީ ފަންނީ ފެންވަރުގައި މަޝްވަރާ ކުރެވިފަ އެވެ.

ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދު މުސްތަފާ މާލިއްޔަތު ދެއްވަނީ -- ފިނޭންސް

ބޭރުގައި ވިއްކާ ޓޫރިޒަމް ހިދުމަތުން ޑެސްޓިނޭޝަނަލް ޕްރިންސިޕަލް އުސޫލުން ޓެކްސް ނަގަން ފެށުމުން ދިވެހިނާއި ބޭރު މީހުންގެ މެދުގައި ހަމަހަމަ އުސޫލެއް ގާއިމްވާނެ ކަމަށް މީރާގެ ޗެއާޕާސަން ސާއިދު މުސްތަފާ ވިދާޅުވެއްޖެ އެވެ. 

ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން ސާއިދު ވިދާޅުވީ ޑެސްޓިނޭޝަން ޕްރިންސިޕަލް އުސޫލު ތައާރަފު ކުރަން މަސައްކަތް ކުރަނީ ޓޫރިޒަމް ސިނާއަތަށް ކަމަށާ މި އުސޫލު ތައާރަފު ކުރަން އައިއެމްއެފްއާއެކު 2019 އަދި 2022 ގައި ވެސް ވަނީ ފަންނީ ފެންވަރުގައި މަޝްވަރާ ކުރެވިފަ އެވެ. އަދި މި އުސޫލުގެ ސަބަބުން ޓޫރިޒަމް ވިޔަފާރި ވިއްކާ ދިވެހިންނާއި ބިދޭސީ ކުންފުނިތަކުގެ މެދުގައި ހަމަހަމަ އުސޫލެއް ގާއިމްވެގެންދާނެކަން ސާއިދު ފާހަގަ ކުރެެއްވި އެވެ. 

މިހާރުކަންވާ ގޮތަކީ ދިވެހި ޓުއާ އޮޕަރޭޓަރުން ކޮޓަރިއެއް ގަނެ ޓޫރިސްޓުންނަށް ވިއްކުމުން ލިބޭ އެއްޗަކުން ޖީއެސްޓީ ދައްކަ. ނަމަވެސް ބޭރުގެ ޓުއާ އޮޕަރޭޓަރު ނުދެއްކޭ. ސަރުކާރުގެ ސިޔާސަތެއް ބޭރު މީހުންނާ ދިވެހިން ހަމަހަމަ ފީލްޑެއްގައި މަސައްކަތް ކުރަން ފުރުސަތު ދިނުމަކީ. ހަމައެކަނި އޮތީ އާމްދަނީ އެއް ހޯދުމުގެ ނިޔަތެއް ނޫން،" ސާއިދު ވިދާޅުވި އެވެ.

"މިއީ ރާއްޖޭގެ އަސްތަނޑިތަކުގެ ތެރޭގައި ކޮށްފައިވާ އިންވެސްޓްތަކުން ލިބޭ އާމްދަނީ ތަކާއި އެ ހިދުމަތުން ވިއްކާ އެއްޗަކުން ލިބޭ އަގެއް. މީގެ ތެރެއިން އުފެދޭ ހިދުމަތުން އަންނަ ފުލް އަގު ނުވަތަ ވެލިއު ޗެއިން ކްރިއޭޓްވާ ފުރިހަމަ އަގު ލިބުމުގެ ހައްގު ލިބިގެންވޭ."

ގައުމީ އެއާލައިން ޗައިނާގައި : އާމްދަނީގެ ބޮޑުބައެއް ހިއްސާ ކުރަނީ ޓޫރިޒަމް -- މޯލްޑިވިއަން

ސާއިދު ވިދާޅުވި ގޮތުގައި އިކޮނޮމިކް ޖަސްޓިފިކޭޝަނަށް ވިސްނާނަމަވެސް މިއީ ކުރަން ޖެހޭ ކަމެއް ކަމަށާ މިއީ އެހެން ގައުމުތަކުގައިވެސް ކުރަން އަންނަ ކަމެކެވެ. އަދި ދައުލަތަށް އާމްދަނީ ހޯދުމުގެ އިތުރުން އިންސާފުކޮށް އެ އާމްދަނީ ހޯދުމަކީވެސް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ. 

އޭނާ ވިދާޅުވީ މިކަން މިވަގުތު ކުރަން ޖެހޭ ސަބަބަކީ މީރާ އާއި ފިނޭންސް އިން ވެސް މިކަމަށް ކުރަން ޖެހޭ ކަންކަން ފުރިހަމަވެފައިވާތީ އެވެ. އަދި ޓެކްސް ނަގަން ފެށިއިރުވެސް ހުރިހާ ފަރާތްތަކެއް ނިޒާމުގެ ތެރެއަށް ނާންނަ ކަމަށާ އެފަދަ ކަންކަން މި އުސޫލު ގާއިމް ކުރާއިރު ވެސް އޮންނާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ. ނަމަވެސް ވަގުތު ނަގައިގެން ހުރިހާ ފަރާތްތަކެއްވެސް ޓެކްސް ނިޒާމުގެ ތެރެއަށް ގެނެވޭނެކަން ސާއިދު ފާހަގަ ކުރެއްވި އެވެ. 

"އުސޫލެއްގެ ގޮތުން މިކަން ކުރަން އުޅޭކަން ވަނީ ބަޖެޓުގައިވެސް އިއުލާންކޮށްފަ. އެހެންވެ މިކަން ނުކުރަން އުޅުމަކީ ދޯހަޅި ވިސްނުމެއް. ޑެސްޓިނޭޝަން ޕްރިންސިޕަލް މި ގެނެވެނީ ވެސް ދިވެހިންނަށް ބުރަ ކުޑަވާނެހެން،" ސާއިދު ވިދާޅުވި އެވެ. 

 މިރާގެ އެސިސްޓެންޓް ކޮމިޝަނަރު ޖެނެރަލް މުހައްމަދު އަލީ ވަޙީދު ވިދާޅުވީ މިހާރު ޓެކްސް ނެގުމުގެ ނިޒާމު ތަންފީޒުކުރުމުގައި ބޭރު ގައުމުތަކުގައިވެސް ގޮންޖެހުންތަކެއް ފުރަތަމަ ދިމާވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.