ޓްރަމްޕުގެ ޣައްޒާ ޕީސް ޕްލޭން ތަންފީޒު ކުރަން ރާއްޖެއިން ގޮވާލައިފި

އިޒްރޭލުން އެ މަގުޗާޓު ބަލައިނުގަންނަން ނިންމި ނިންމުން ރާއްޖެއިން ކުށްވެރި ކުރި

ފޮރިން މިނިސްޓްރީ އިމާރާތް--

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުލަވާލި ޣައްޒާ ޕީސް ޕްލޭން ތަންފީޒު ކުރުމަށް ރާއްޖެއިން ގޮވާލައިފި އެވެ.

ޓްރަމްޕުގެ "ބޯޑް އޮފް ޕީސް" އިން އެކުލަވައިލި ޕީސް ޕްލޭންގައިވާ ގޮތުން ޣައްޒާ އަށް ސުލްހަ ގެނައުމަށްޓަކައި އިޒްރޭލުގެ ސިފައިން ފައިބަން ޖެހެ އެވެ. ނަމަވެސް ހަމާސް އިން ހަތިޔާރު ބެހެއްޓުމުން ނޫނީ އެކަން ނުކުރާނެ ކަމަށް ބުނެ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތެންޔާހޫ ވަނީ އެ ޕްލޭނަށް ގޮންޖަހައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާގެ ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް ޓްރަމްޕް އެކުލަވާލައި އދ ގެ ސެކިއުރިޓީ ކައުންސިލުން ތާއީދު ކޮށްފައިވާ ޕީސް ޕްލޭން އިޒްރޭލުން ބަލައިނުގަތުން ކުށްވެރި ކުރާ ކަމަށެވެ.

އިޒްރޭލުން އެ ޕްލޭން ބަލައިނުގަތުން ރާއްޖެއިން ސިފަ ކުރީ ޣައްޒާ އަށް ހަމަޖެހުން ގެނައުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތަށް ހުރަސް އެޅުން ގޮތުގަ އެވެ.

ޣައްޒާ އަށް ކުރިމަތިވެފައިވާ ހާލަތަށް ލުޔެއް ހޯދުމަށާއި އެތަނުގައި ހަމަޖެހުމާއި ރައްކާތެރިކަން ގާއިމްކޮށް އަލުން އާރާސްތު ކުރުމަށްޓަކައި ލަސް ކުރުމެއް ނެތި ޕީސް ޕްލޭން ތަންފީޒު ކުރަން ޖެހޭ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.