އެމްޕީބީގެ ޑިޖިޓަލް ނިޒާމުތައް ރައީސް އިފްތިފާހުކޮށް ދެއްވައިފި

ޕްރިމިއަ ބޭންކްއަކީ ޓިއާ 1 ފެންވަރުގެ 100 ޕަސެންޓް ދިވެހި ބޭންކެކެވެ. ބޭންކުގެ ހިދުމަތް ރަސްމީކޮށް ފަށާފައިވާއިރު މި ބޭންކުގެ އޮފީސް ވަނީ ހަވީރު ހުޅުވާފަ އެވެ.

މޯލްޑިވްސް ޕްރިމިއަ ބޭންކްގެ ހިދުމަތް ރައީސް ޑރ. މުއިއްޒު އިފްތިތާހު ކޮށްދެއްވަނީ -- ރައީސް އޮފީސް

މޯލްޑިވްސް ޕްރިމިއަ ބޭންކް (އެމްޕީބީ) ގެ ބޭންކުގެ މޯބައިލް އެޕްލިކޭޝަން 'އެމްޕީބީ ޕްލަސް" އާއި އިންޓަނެޓް ބޭންކިން ޚިދުމަތް ރައީސް ޑރ. މުހައްމަދު މުއިއްޒު އިފުތިތާޙުކޮށްދެއްވާފައެވެ.

ބާސެލާސް ނަސަންދުރަ ހޮޓެލްގައި އޮތް ރަސްމިއްޔާތެއްގައި ރާއްޖޭގައި ހިދުމަތް ފެށި އެމްޕީބީ އަކީ ޓިއާ 1 ފެންވަރުގެ 100 ޕަސެންޓް ދިވެހި ބޭންކެކެވެ. ބޭންކުގެ މަޤުޞަދަކީ ދިވެހި މާލީ ވެއްޓަށް އަހުލުވެރި ޒަމާނީ، އިތުބާރު ހުރި މާލީ ހިދުމަތްތަކެއް މެދުވެރިކޮށް ވަކި ވަކި ފަރުދުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ބޮޑެތި ކޯޕަރޭޝަންތަކަށް، ރާއްޖެ އާއި ބައިނަލްއަޤުވާމީ މައިދާނުން ފަހި ފުރުސަތުތައް ހޯދައިދިނުމެވެ. 

އެމްޕީބީ އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގައި އެމްޕީބީ ބޯޑު ޗެއާޕާސަންގެ ނޫރައިން ޖަނާހު އާއި އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑު އަދި ރާއްޖޭގެ މާލީ ދާއިރާގެ އިސް ފަރާތްތަކުން ބައިވެރިވެފައިވެ އެވެ. 

މި ރޭގެ ހަފުލާގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވާހަކަ ދައްކަވަމުން ވިދާޅުވީ ރާއްޖޭގެ ބޭންކިން ދާއިރާއަކީ ވަރަށް ބޮޑަށް ފައިދާވަމުން އަންނަ ދާއިރާއެއް ކަމަށެވެ. އެގޮތުން 2025 ވަނަ އަހަރު ބޭންކުތަކަށް ޓެކްސް ކެނޑުމުގެ ކުރިން 5.15 ބިލިއަން ރުފިޔާ (ގާތްގަނޑަކަށް 356 މިލިއަން ޑޮލަރު) ގެ ފައިދާއެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް، ފާއިތުވި އަހަރު އެކަނިވެސް ބޭންކިން ދާއިރާގެ ފައިދާގެ ގާތްގަނޑަކަށް 11 އިންސައްތަ (ގާތްގަނޑަކަށް 38 މިލިއަން ޑޮލަރު) ރާއްޖެއިން ބޭރުކޮށްފައިވާ ކަމަށާއި، ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި އެ އަދަދު 200 މިލިއަން ޑޮލަރާ ގާތްކުރާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. އެހެންކަމުން، މި ދާއިރާއިން ލިބޭ މަންފާގެ ބޮޑު ބައެއް ރާއްޖޭގެ އިގުތިސާދުގައި ހިފެހެއްޓުމަށްޓަކައި ބޭންކިން ދާއިރާގައި އިންވެސްޓްކުރުމަށް އިތުރު ދިވެހިންނަށް ގަވަރުނަރު ވަނީ ބާރުއަޅުއްވާފައެވެ.

މި ހަފުލާގައި ނޫރައިން ވިދާޅުވީ މި ބޭންކާއެކު ރާއްޖޭގެ އިގްތިސާދަށް ވެސް ކުރިއެރުން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާ މިއީ ފެށުމެއް ކަމަށެވެ. އަދި ކުރިމަގުގައި މި ބޭންކް ފެނިގެންދާނެ ގޮތުގެ ތަސައްވުރެއް ނޫރެއިން ވަނީ ދެއްވާފަ އެވެ. އަދި ރާއްޖޭގެ މާލީ ނިޒާމު އެންމެ ކުރީގައި އޮތް ގޮތް ތާރީހުގެ މިސާލުތަކާއެކު ވިދާޅުވެ ދެއްވި އެވެ. 

މޯލްޑިވްސް ޕްރިމިއަ ބޭންކަކީ ރާއްޖޭގައި ޚިދުމަތް ދޭން ފެށި 9 ވަނަ ބޭންކެވެ. ބޭންކުގެ ހިދުމަތް ރަސްމީކޮށް ފަށާފައިވާއިރު މި ބޭންކުގެ އޮފީސް ވަނީ ހަވީރު ހުޅުވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.