ބޭންކިން ދާއިރާގެ އިސް މަގާމުތަކުގެ %80 ދިވެހިނަށް ހާއްސަކުރަނީ

މުނައްވަރު ވިދާޅުވީ މިއަދު ބޭންކިން ދާއިރާގެ މެނޭޖްމަންޓް މަގާމުތަކުގެ ގާތްގަނޑަކަށް % 40 ފުރަމުންދަނީ ބިދޭސީންނެވެ.

އެމްްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިރޭ ވާހަކަ ދައްކަވަނީ -- ރައީސް އޮފީސް

ރާއްޖޭގެ ބޭންކިން ސިނާއަތުގެ އިސް މަގާމުތަކުގައި ތިބި ދިވެހިންގެ އަދަދު 40 ޕަސެންޓުން 80 ޕަސެންޓަށް މަތި ކުރަން މަރުކަޒީ ބޭންކުން އަމާޒު ހިފައިފި އެވެ. 

ޕްރިމިއަ ބޭންކް އޮފް މޯލްޑިވްސް (އެމްޕީބީ) އިފްތިތާހު ކުރަން މިރޭ ބާސެލާސް ނަސަންދުރަ ޕެލަސް ހޮޓެލްގައި އޮތް ރަސްމިއްޔާތުގައި ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ މިއަދު ބޭންކިން ދާއިރާގެ މެނޭޖްމަންޓް މަގާމުތަކުގެ ގާތްގަނޑަކަށް % 40 ފުރަމުންދަނީ ބިދޭސީންނެވެ. އަދި އެމްއެމްއޭގެ އަމާޒަކީ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ބިދޭސީންގެ މި ނިސްބަތް %20 ނުވަތަ އެއަށްވުރެ ދަށްކޮށް، މެނޭޖްމަންޓް މަގާމުތަކުގައި ތިބޭ ދިވެހިންގެ ނިސްބަތް 80 އިންސައްތައަށްވުރެ މައްޗަށް ގެންދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ދިވެހިންނަށް ހާއްސަކޮށް ޒުވާނުންނަށް މާލީ ދާއިރާއިން ކުރިއަށްދިއުމުގެ މަގު ފަހިކޮށްދީ އިސް މަގާމުތަކަށް އާދެވޭނެ މާހައުލެއް ގާއިމުކުރަން ޖެހޭ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި އެވެ. މީހުން ބިނާކުރުމަށް އިންވެސްޓްކުރަން ޖެހޭކަން ފާހަގަކުރައްވަމުން ގަވަރުނަރު ވިދާޅުވި އެވެ. މާލީ ދާއިރާގެ ޕްރޮފެޝަނަލް ތަރައްގީ ހަރުދަނާކުރުމަށްޓަކައި އެމްއެމްއޭއިން ދާދި ފަހުން އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް ބޭންކަރސް (އޭއައިސީބީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، އަންނަ އަހަރު "ހިއުމަން ކެޕޭސިޓީ ޑިވެލޮޕްމަންޓް ފަންޑު" ގެ ނަމުގައި ފަންޑެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ. މި ފަންޑަކީ އެމްއެމްއޭ އަދި ބޭންކިން ދާއިރާ ގުޅިގެން، މާލީ ނިޒާމަށް ކުރިމަގުގައި ބޭނުންވާނެ ހުނަރާއި ތަޖުރިބާ ތަރައްގީކުރުމަށް އިތުރަށް އިންވެސްޓްކުރުމަށް އުފައްދާ ފަންޑެއްކަން އޭނާ ފާހަގަކުރެއްވިއެވެ.  

ގަވަރުނަރު ސްޕީޗުގެ މުހިންމު ބައިތައް

ބޭންކިން ދާއިރާގެ ފައިދާ ރާއްޖޭގައި ހިފެހެއްޓުން - ބޭންކިން ދާއިރާއަކީ ވަރަށް ފައިދާވާ ދާއިރާއެއްކަމަށާއި، މިދިޔަ އަހަރު ބޭންކުތަކަށް 5.15 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާކަން ފާހަގަކުރެއްވި އެވެ. ނަމަވެސް ފާއިތުވި 5 އަހަރު ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ ފައިދާ ރާއްޖެއިން ބޭރުވެފައިވާތީ، ލޯކަލް އިންވެސްޓްމަންޓްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ބޭންކިންއާ ބެހޭ ގާނޫނަށް ބަދަލުގެނެސް، އިސްލާމިކް ފައިނޭންސްގެ އާ ގާނޫނެއް ތައާރަފުކުރުމަށް އެމްއެމްއޭ އިން ދަނީ މަސައްކަތްކުރަމުން

މެނޭޖްމަންޓް މަގާމުތަކަށް ދިވެހިން ނެގުން - މިހާރު ބޭންކިން ދާއިރާގެ މެނޭޖްމަންޓް މަގާމުތަކުގެ %40 ބިދޭސީން ފުރަމުންދާއިރު، ކުރިއަށް އޮތް 5 އަހަރު ތެރޭގައި އެ ނިސްބަތް %20 ދަށްކޮށް، ދިވެހިންގެ ނިސްބަތް % 80 އިތުރުކުރުމަކީ އަމާޒެއް

މީހުން ބިނާކުރުމަށް ފަންޑެއް އުފެއްދުން - މާލީ ދާއިރާއަށް ބޭނުންވާ ފަންނީ އަދި ޕްރޮފެޝަނަލް ދިވެހިން ބިނާކުރުމަށް އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް ބޭންކަރސް (އޭއައިސީބީ) އާއެކު އެއްބަސްވުމެއް ހަދާފައިވެ އެވެ. އަދި އަންނަ އަހަރު އެމްއެމްއޭއާއި ބޭންކިން ދާއިރާ ގުޅިގެން "ހިއުމަން ކެޕޭސިޓީ ޑިވެލޮޕްމަންޓް ފަންޑު" އެއް ގާއިމުކުރަން ވަނީ ނިންމާފަ

ޑިޖިޓަލް ބަދަލުތަކާއި ސައިބަރ ސެކިއުރިޓީ - ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތައް މުހިންމުކަން ފާހަގަކުރައްވައި، ކްރޮސް-ބޯޑަރ ޕޭމަންޓްތައް ހަރުދަނާކުރުމަށް ގޮވާލެއްވިއެވެ. އަދި އީޖާދީ ބަދަލުތަކާއެކު ސައިބަރ ސެކިއުރިޓީ އާއި ކަސްޓަމަރުންގެ ރައްކާތެރިކަމަށް އިސްކަންދިނުމަކީ ކޮންމެހެން މުހިންމު ކަމެއް

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.