މިދިޔަ އަހަރުވެސް އެމްއެމްއޭއިން އިސްނަގައިގެން ރާއްޖޭގެ އިގްތިސާދީ ހާލަތާއި ބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހާއި ވަނީ ހިއްސާކޮށްފައެވެ.

އެމްއެމްއޭ އިން އިސްނަގައިގެން އިގްތިސާދީ ހާލަތާއި ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުތަކާ ބެހޭ ގޮތުން ގަވަރުނަރު އަހުމަދު މުނަންވަރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އިއްޔެ މައުލޫމާތު ދީފި އެވެ.
ރައްޔިތުން މަޖިލީހުގެ އިގްތިސޯދީ ކޮމެޓީއަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ މައުލޫމާތުވެސް އަރުވާފައިވެ އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެންނަން އިސްލާހު ހުލާސާކޮށް- ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓުތައް ފަދަ ތަންތަނުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނުވަތަ ޖުމްލަ އާމްދަނީގެ %20 މާރުކުރުމުގެ އިހުތިޔާރު ލިބިދީފައިވެއެވެ. އަދި މި އުސޫލު ބަދަލު ކުރަން ކުރިން ވަނީ ބައެއް ޓޫރިޒަމް ޖަމިއްޔާތަކުންވެސް ލަފާ ދީފަ އެވެ.އެހެންވެ އެމްއެމްއޭއިން ވަނީ މިއުސޫލު ބަދަލުކޮށް ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަންޖެހޭ އުސޫލު އުވާލާފަ އެވެ. އޭގެ ބަދަލުގައި މިހާރު ލާޒިމުކޮށްފައިވަނީ ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ % 20 މާރުކުރާ ގޮތަށެވެ. މިއީ ޓޫރިޒަމް ދާއިރާއިން ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ޑޮލަރުގެ ނިސްބަތް އެއްހަމައެއްގައި ހިފެހެއްޓުމަށް ގެނެވުނު މުހިންމު ބަދަލެކެވެ.
ޓޫރިޒަމް ދާއިރާގައި ނުހިމެނޭ، ނަމަވެސް ބޭރު ފައިސާއިން ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ ޝަރުތަށް މި އިސްލާހުގެ ދަށުން ވަނީ ބޮޑު ލުޔެއް ދީފައެވެ. ކުރިން މިފަދަ ވިޔަފާރިތަކުން ފައިސާ މާރުކުރަން ލާޒިމުވަނީ އަހަރީ އާމްދަނީ 15 މިލިއަން ޑޮލަރަށް އަރާނަމަ އެވެ. އެހެންނަމަވެސް، މި އިސްލާހާއެކު މި ލިމިޓް ވަނީ 25 މިލިއަން ޑޮލަރަށް ބޮޑުކޮށްފަ އެވެ. މީގެ ސަބަބުން 15 މިލިއަނާއި 25 މިލިއަނާ ދެމެދުގެ އާމްދަނީ ލިބޭ ގިނަ ވިޔަފާރިތަކަކަށް ޑޮލަރު މާރުކުރުމުގެ ލާޒިމުކަމުން އިސްތިސްނާވެގެންދާނެ އެވެ. މީގެ ސަބަބުން އެންމެ ބޮޑު މަންފާއެއް ކުރާނީ ދިވެހި ކުންފުނިތަކަށެވެ. ދިވެހި ކޮންޓްރެކްޓަރުންނާއި ދިވެހިންނަށެވެ، މީގެ އިތުރުން ގެސްޓްހައުސްތަކުން މާރުކުރުމަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
މީގެ އިތުރުން ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭ މައުލޫމާތުވެސް ގަވަރުނަރު ވަނީ މާލިއްޔަތު ކޮމިޓީ އާއި ހިއްސާކޮށްފައެވެ. އެހެންނަމަވެސް އެ ކޮމިޓީ ވަނީ ސިއްރުކޮށްފައެވެ.
މިދިޔަ އަހަރުވެސް އެމްއެމްއޭއިން އިސްނަގައިގެން ރާއްޖޭގެ އިގްތިސާދީ ހާލަތާއި ބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހާއި ވަނީ ހިއްސާކޮށްފައެވެ.