އޭޑީބީން ދިން 50 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފި

އޭޑީބީން ބުނެފައިވާ ގޮތުގައި، ރާއްޖެ އަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމީ މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވާ ދަތިތަކަށް ލުޔެއް ހޯދައިދީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެހީވުމަށެވެ

އޭޑީބީން ދިން 50 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކުރުން. --ފޮޓޯ: ފިނޭންސް މިނިސްޓްރީ

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖޭން ތެލަށް ކުރަންޖެހޭ ހޭދަ އެތައް ގުނައަކުން ބޮޑުވުމާ ގުޅިގެން، އެކަމަށް ލުޔެއް ހޯދައި ދިނުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އިން ދޭ 50 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އޭޑީބީން ބުނެފައިވާ ގޮތުގައި، ރާއްޖެ އަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމީ މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވާ ދަތިތަކަށް ލުޔެއް ހޯދައިދީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެހީވުމަށެވެ.

އެގޮތުން ކަރަންޓާއި ފެން އުފެއްދުމަށް ބޭނުންވާ ޑީސަލް އެތެރެ ކުރުމަށާއި ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު އުފުލުމަށް ބޭނުންވާ ތެޔޮ ގަންނަން އެ ފައިސާ ބޭނުން ކުރާނެ ކަމަށް އޭޑީބީން ބުންޏެވެ.

"އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް"ގެ ރަސްމީ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. އޭޑީބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސައުތު އޭޝިއާ ޑިޕާޓްމަންޓުގެ ރީޖަނަލް ކޯޕަރޭޝަން އެންޑް އިންޓަގްރޭޝަން ޔުނިޓުގެ ރީޖަނަލް ހެޑް ޑރ. ތިއާމް ހީ ނިގް އެވެ. އެ ޕްރޮޖެކްޓުގެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމެވެ.

ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ހަކަތައިގެ 94 ޕަސެންޓަކީ ޑީސަލް އެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއެކު ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގު އިންތިހާ އަށް އުފުލިފައިވީ ނަމަވެސް ރާއްޖޭގައި އަދިވެސް ތެޔޮ ވިއްކަނީ ހެޔޮ އަގުގަ އެވެ. އެއީ ބޮޑު އަގުގައި ގަތުމަށް ފަހު ބޮޑު އަދަދެއް ސަބްސިޑީ އަށް ހޭދަ ކޮށްގެންނެވެ.

އެ ގެއްލުންތަކުން އަރައިގަތުމަށް އޭޑީބީން އެހީވެފައިވާ އިރު މި ފަހުން ވޯލްޑް ބޭންކުން ވެސް ވަނީ ރާއްޖެ އަށް 40 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.