އެމްޑީޕީ ކޮންގްރެސް އާއެކު އިންވެސްޓްމަންޓް ފޯރަމެއް ބާއްވަނީ

ކްލަބް ޖަމިއްޔާތަކަށް އޮބްޒާވް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ނަޝީދު ވިދާޅުވި

ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން އެމްޑީޕީގެ ޖަލްސާއެއްގައި -- ފޮޓޯ: ވަން

އެމްޑީޕީން މި އަހަރު ބާއްވާ ކޮންގްރެސްގެ ތެރެއިން އިންވެސްޓްމަންޓް ފޯރަމެއް ކުރިޔަށް ދާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ހުށަހަޅާ 100 އަށް ވުރެ ގިނަ މަޝްރޫއު ހިމެނޭ އިންވެސްޓްމަންޓް ފޯރަމެއް ކުރިޔަށް ދާނެ ކަމަށާއި އެއީ މާލީ ގޮތުން ފައިދާވާނެ އަދި ބޭންކުތަކުން ބަލައިގަންނަ ފަދަ މަޝްރޫއުތަކެއް ކަމަށެވެ.

ކޮންގްރެސް އޮބްޒާވް ކުރުމަށް ކްލަބް ޖަމިއްޔާތަކާއި މިއުޒިކް ގްރޫޕްތައް ފަދަ ފަރާތްތަކަށް ބައިވެރިވެވޭނެ ކަމަށާއި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާ ފަރާތްތަކުން ފީއެއް ދައްކަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އޭގެ އިތުރުން ދެން އަންނަން އޮތް އެމްޑީޕީ ސަރުކާރެއް ކައުންސިލްތަކާ މަޝްވަރާ ކުރުން އޮންނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ ކޮންގްރެސް ބާއްވަން ހަމަޖެހިފައި ވަނީ މި މަހު 19 ގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.